ސިދާތު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދަނީ

ސިދާތު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދަނީ

Author
ފާތިމަތު ނާވީ
10 އޮކްޓޯބަރ 2023 06:45
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތް މަލްހޯތުރާ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސްއެއް އުފައްދަން ނިންމައިފި އެވެ.

ކަރަން ޖޯހަރުގެ “ސްޓޫޑަންޓް އޮފް ދަ އިޔާ” އިން މީގެ 11 އަހަރުކުރިން ބޮލީވުޑަށް ނިކުތް ސިދާތު އަކީ މިހާރު ބޮލީވުޑްގައި ނަންހިގާ އެކްޓަރެކެވެ. ބައެއް ނޫސްތަކުން މިހަބަރު ކަށަވަރުކޮށް ދިން ނަމަވެސް ރަސްމީކޮން އަދި ސިދާތް ގެ ފަރާތުން މިކަން އިއުލާން ކޮށްފައިއެއް ނުވެއެވެ.

ސިދާތު މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ ޑިސެމްބަރު މަހު އަށެއްގައި ރިލީޒްކުރާ އެކްޝަން ތުރިލާ "ޔޯދާ"ގަ އެވެ. އެއީ އޭނާ ފިލްމީ ދާއިރާއަށް ނެރެދިން ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. 'ޔޯދާ' އަކީ ހައިޖެކް ކޮށްފައިވާ މަތިންދާބޯޓެއް ސަލާމަތް ކުރުމަށް ސިފައިންގެ މީހުން ކުރާ މަސައްކަތް ދައްކައިދޭނެ ފިލްމެކެވެ.

ސިދާތް އެންމެ ފަހުން ފެނުނީ މިދިޔަ އޮކްޓޫބަރު މަހު ރިލީޒްކުރި "ތޭންކް ގޯޑް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.