ޝެއިހް ހަސީނާގެ ބައްޕަގެ ވާހަކަ ކިޔައިދޭ ފިލްމް ރިލީޒް ކުރާނީ މިމަހު 27 ގައި

ޝެއިހް ހަސީނާގެ ބައްޕަގެ ވާހަކަ ކިޔައިދޭ ފިލްމް ރިލީޒް ކުރާނީ މިމަހު 27 ގައި

Author
ފާތިމަތު ނާވީ
09 އޮކްޓޯބަރ 2023 09:32
0

ބަންގްލްދޭޝްގެ ކުރީގެ ރައީސް ޝެއިހް މުޖީބުރް ރަހުމާން ގެ ވާހަކަ ކިޔައިދޭ ފިލްމު "މުޖީބު: ދަ މޭކިން އޮފް އަ ނޭޝަން" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ. އެގޮތުން މި ފިލްމް މިމަހުގެ 27 ވަނަ ދުވަހުގައި ސިނަމާއަށް އަންނާނެ ކަން ވަނީ އިއުލާން ކޮށްފައިއެވެ.

މި ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކޮށްފައި ވަނީ އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ޝިއާމް ބެނެގާލް އެވެ. ނެޝަނަލް އެވޯޑް ހޯދާފައިވާ މި ޑައިރެކްޓަރަކީ "ޒުބޭދާ" އާއި "އަންގޫރު" އާއި "ޖުނޫން" އަދި "މަންޑީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

މި ފިލްމްގައި އޭނަގެ ރޯލު ކުޅެފައި ވަނީ ބަންގްލަދޭޝްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އަރިފިން ޝުވޫ އެވެ. މި ފިލްމްގައި މުޖީބުރް ގެ އެންމެ ކުޑަ ދުވަސްވަރުން ފެށިގެން އޭނާ މަރާއި ހަމައަށް ގިނަ ކަންތަށްތަކެއް ދައްކުވައިދޭނެއެވެ.

ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބައްޕަ މުޖީބުރް އަކީ ބަންގްލަދޭޝްގައި އުފެދުނު އެންމެ ވަރުގަދަ އެއް ސިޔާސާ ޝަހުސިއްޔަތެވެ. އޭނާ އަކީ ގައުމު ބިނާކުރުމުގެ ބާނީގެ ގޮތުގައި މަޝްހޫރު ޝަހުސިއްޔަތެކެވެ.

ސިފައިގެ ބަގާވާތުގައި މުޖީބުރް އާއި އޭނާގެ އާއިލާ އެކުގައި މަރާލީއެވެ. އޭރު ޝެއިހް ހަސީނާ ހުންނެވީ ވެސްޓް ޖަރުމަނުގައި ކަމުން އެކަމަނާ ފިޔަވާ އެއާއިލާގެ އެންމެން އެބަގާވާތުގައި މަރައިލީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.