މި ވަގުތު ބޮލީވުން އިން ބްރޭކެއް ނަގައިގެން ހުރި އާމިރު ހާން ދެން ކުޅޭނެ ފިލްމް އެއް މިހާރު ނިންމައިފި ކަމަށް ހަބަރު ތަށް ބުނެފިއެވެ. އެގޮތުން ދެން އޭނާ ކުޅޭނެ ފިލްމުގެ ނަމަކީ "ސިތާރޭ ޒަމީން ޕަރް" އެވެ.
2007 ވަނަ އަހަރު އާމިރު ހާން ވަނީ "ތާރޭ ޒަމީން ޕަރް" ކިޔާ ވަރަށް ކާމިޔާބު ފިލްމް އެއް ކުޅެފައިއެވެ. އެއާއި އެކުގައި އަންނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭ ގޮތަށް އޭނަ ކުޅެން ތައްޔާރުވަމުން އަންނަ އާ ފިލްމުގެ ނަން ދީފައި ވަނީ އެ ފިލްމާ ގުޅުވައިގެން ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
މިދިއަ އަހަރު ރިލީޒް ކުރި އާމިރުގެ ފިލްމް "ލާލް ސިންގް ޗައްޑާ" ގެ ނާކާމިޔާބީ ގެ ސަބަބުން ހިތް ހަލާކުވެފައިވާ އާމިރު ވަނީ ދޮޅުއަހަރަށް ދާއިރާ އިން ބްރޭކް އެއް ނަގައިފައިއެވެ. އަދި މި ބްރޭކް ގައި އޭނާ ވަނީ ކުޅޭނެ ފިލްމް ހޮވުމަށް ވަރަށް ގިނަ ވަގުތު ހުސްކޮށްފައިއިއެވެ. އާމިރު ބޭނުން ވަނީ އެންބުރި އައުން ވަރުގަދަ ވާން ކަމަށް ވެއެވެ.
އާމިރު ކުޅެން ނިންމި ފިލްްމް އަކީ "ލާލް ސިންގް ޗައްޑާ" ފްލޮޮޕްވުމުން، އާމިރު އެކްޓިންއިން ބްރޭކަށް ނަގަން ނިންމުމުން އޭނަ ނުކުޅޭ ގޮތަށް ނިންމި ސްޕެއިންގެ 2018 ގެ ސްޕޯޓްސް ކޮމެޑީ ޑްރާމާ "ޗެމްޕިއަންސް" ގެ ރިމޭކެވެ.
މި ފިލްމް ކުޅުމަށް އޭނާ ނިންމީ އެކި އެކްޓަރުންނަށް ފިލްމު ހުށަހަޅައިގެން އެއްވެސް އެކްޓަރަކާ އެކީ ފަހުގެ އެއްބަސްވުމަކަށް ނާދެވުމުންނެވެ. އެގޮތުން ފުރަތަމަ މި ފިލްމް ހުށައެޅި ސަލްމާން ހާން އަށެވެ. ނަމަވެސް ވަގުތު ދެވެން ނެތުމުން ސަލްމާން ފިލްމް ނުކުޅުނީއެވެ. އެފަހުން ރަންބީރް ކަޕޫރް އަދި ފަރުހާން އަޚްތަރަށް ވެސް ފިލްމު ހުށަހެޅި އެވެ.
އަދި ފަރްހާން އަހްތަރު ފިލްްމް ކުޅެން ނިންމި ކަމަށްވެސް ވިއެވެ. ނަމަވެސް ފަހުން އެއްބަސް ވުމަކަށް ނާދެވި ފަރްހާން ވެސް ފިލްމް ދޫކޮށްލީއެވެ. އެއް ވެސް އެކްޓަރަކާއި އެކުގައި ރަސްމީ އެއްބަސްވުމަށް ނާދެވުމުން މިހާރު އެ ފިލްމް އާމިރު ކުޅުމަށް ނިންމީއެވެ.
ވަކި ނަމެއް ދީފައި ނުވާ މި ފިލްމަކީ ސްޕެއިންގެ ފިލްމެއް ކަމަށްވާ 2018 ގެ "ޗެމްޕިއަންސް" ގެ ހިންދީ ރީމެކެެއް ކަމަށްވެއެވެ. ފިލްމްގައި ދައްކުވައިދެނީ ނުކުޅެދޭ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ހޯދާ ކާމިޔާބީއެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް މަގުބޫލު ފިލްމެކެވެ. މީގެ ހިންދީ ފިލްމް ޑައިރެކްޓަރަކީ އާރްއެސް ޕްރަސައްނާއެވެ.