ސަރުކާރު ބަދަލުވުމުގެ ކަންކަން ވިލަެސްކުރުމުގެ މަސައްކަތްކުރުމަށް ޓްރާންސިޝަނަލް 15 ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުގެ މަސައްކަތްތަކާިއ ގުޅޭ މައުލޫމާތު ދެއްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާން ހައްމަދު ފިރުޒުލް ވިދާޅުވީ އިންތިގާލީ މަސައްކަތްކުރުމަށް 15 ކޮމިޓީ އެކުލަވާލާފައިވާކަމަށެވެ. އޭގެތެރެއިން 7 ކޮމިޓީ ހާއްސަ ވަނީ ސަރުކާރު ކުންފުނިތަކަށްކަމަށާއި، 8 ކޮމިޓީ ހާއްސަ ކޮށްފައިވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކަށްކަމަށެވެ.
އެ ކޮމިޓީތަކުގައި އިދާރީ މަސައްކަތް ކުރައްވާ މީހުންނާއި، މާލީ ކަންކަމަށް ހާއްސަ މީހުންގެ އިތުރުން ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރުމުގައި މަސައްކަތް ކުރައްވާނެ މީހުން ހިމެނޭނެކަމަށް ފިރުޒުލް ވިދާޅުވިއެވެ. ކޮމިޓީތަކުގައި 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މެމްބަރުން ތިބޭނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭކަމަށެވެ.
އަޅުގަނޑުމެންގެ މަސައްކަތަށް ސަރުކާރުގެ އެންމެ އިސް ފަރާތްކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއާއި، މުވައްސަސާތަކުންވެސް އެކަށީގެންވާ އެއްބާރުލުމެއް އަޅުގަނޑުމެން ހިތްހަމަޖެހޭވަރަށް ދެއްވަމުންދާކަން ފާހަގަކޮށްލަން.
– ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އިންތިޤާލީ ކޮމިޓީތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއްކަމަކީ، ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުންތަކާއި އެއެއްބަސްވުންތަކުގައި ހިމެނޭ މަޢުލޫމާތު އެއްކުރުންކަމަށެވެ. މީގެ އިތުރު އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާސިލްކުރައްވާނެކަންކަން އެކުލަވާލުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ