ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސްޓޫޑިއޯ ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓް އާ ގިނަ ޕްރޮޖެކްޓްތަކެއް އިއުލާންކޮށްފި އެވެ.
ދިވެހި ސިނަމާއަށް ތަފާތު ރަހަތަކުގެ ފިލްމުތަކެއް ގެނެސްދީފައިވާ ޑާކްރެއިން ވަނީ އާ ހަ ފިލްމެއް އިއުލާންކޮށް، އެ އެއްޗެހީގެ ފަސްޓްލުކް ޕޯސްޓަރުތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
އެ ފިލްމުތަކަކީ "އަލިފާން"، "ފެށުމާއި ނިމުން"، "ލައިފް ސަޅި"، "ލޭ"، "ވާރޭ" އަދި "އަވަ" އެވެ. މިއިން އެއްވެސް މިފްމަކާ ބެހޭ ގޮތުން މާބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ޑާކްރެއިން ބުނި ގޮތުގައި މިހުރިހާ ފިލްމެއްވެސް އޮތީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. އަދި މިފިލްމުތައް ސިނަމާއަށް ގެނެސްދޭނެ ތާރީހެއް އަދި ނޭނގެ އެވެ.
ފިލްމު އުފައްދާތާ މި އަހަރަށް 17 އަހަރުވީ ސްޓޫޑިއޯން ވަނީ މީގެ ކުރިންނެވެސް ކާމިޔާބު ފިލްމް ތަކެއް ބެލުންތެރިންނަށް ގެެނެސްދިފައިއެވެ. ޑާކް ރެއިނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި "ބީވީމާ" އެވެ. އޭގެ ފަހުން މާޗްގައި "ހިނދުކޮޅެއް" މީޑިއާ ނެޓް މެދުވެރިކޮށް ޑިޖިޓަލްކޮށް ޕްރީމިއާކުރި އެވެ.
ކޮމެންޓު ފޮނުވާ