ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝަރަފު އަބްދުﷲ ގެ އަންހެނުން އަދި ދިވެހި އެފްއެއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝަހުދާ މަހުދޫމް ޑައިރެކްޝަށް ނުކުމެއްޖެ އެވެ.
ދިވެހި އެފްއެމްގެ އިތުރުން ޓީވީއެމްގެ ޕްރޮގްރާމްތައް ވެސް މިހާރު ހުށަހަޅާ ޝަހުދާ ޑައިރެކްޓަރެއްގެ ގޮނޑިގައި އިށީންނަ އަލަތު ފިލްމް އަކީ ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ ކަމަށްވާ ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ވެބް ސީރީޒެކެވެ.
ޝަހުދާ ޑައިރެކްޓްކުރަނީ "ޑާކްރެއިން ކްރޮނިކްލްސް"ސީޒަން ދޭއްގެ އެޕިސޯޑްތަކުގެ ތެރޭގައި ހިމެނޭ "ލެމަން ކޭކް" އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓް ކްރޮނިކަލްސްގެ ސީޒަން ދޭކަށް އަލީ ޝިފާއު (ޗިއްޕެ) ވެސްް އަންނަނީ އެޕިސޯޑެއްގެ މަސައްކަތްކުރަމުންނެވެ.
"ލެމަން ކޭކް" ގެ ކާސްޓްގައި ތެރޭގައި ޝަހުދާގެ ފިރިމީހާ މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާރިފުގެ އިތުރުން އައިޝާ އަލީ ވެސް ހިމެނެ އެވެ.
"ލެމަން ކޭކް" އަކީ ޝަހުދާގެ އަމިއްލަ ސްކްރީންޕްލޭއަށް ޑައިރެކްޓްކުރާ ސީރީޒެކެވެ.
ކޮމެންޓު ފޮނުވާ