"އިންޑިއަން އައިޑޮލް 14″ މިރޭ ފަށަނީ

"އިންޑިއަން އައިޑޮލް 14″ މިރޭ ފަށަނީ

Author
ފާތިމަތު ނާވީ
07 އޮކްޓޯބަރ 2023 09:36
0

ސޮނީ ޓީވީ ގެ ރިއަލިޓޜީ ޝޯވ "އިންޑިއަން އައިޑޮލް" ސީޒަން 14  މިރޭ ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.

"އިންޑިއަން އައިޑޮލް" ގެ މި ފަހަރުގެ ޖަޖުންގެ ތެރޭގައި ޝްރެޔާ ގޯޝަލް އާއި މި ފަހުން މި ޝޯގެ އެންމެ އާންމު އެއް ޖަޖް ކަމަށްވާ ވިޝާލް ދަދުލާނީ އާއި މުޅިން އަލަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ބައިވެރިވެ އެވެ.

މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ކުމާރު ސާނޫ އަކީ 90 ގެ ތެރޭގައި ހިންދީ ސިނަމާގައި އެންމެ ވިދި އެއް އަޑުގެ ވެރިޔާ އެވެ. ކާމިޔާބު ލަވަތަކެއް ކިޔައިފައިވާ ސާނޫ މި ޝޯވ ގައި ބައިވެރި ވުމަކީ ޝޯވ އަށް ލިބޭނެ ކުރިއެރުމެކެވެ.

މި ޝޯގެ އޮޑިޝަންތަކާ އެކީ ޝޯގެ ފުރަތަމަ އެޕިސޯޑް ބެލުންތެރިންނަށް ގެނެސްދޭނީ ރާއްޖެ ގަޑިން 7:30 ގަ އެވެ. މީ ރާއްޖޭގައި ވެސް ގިނަ ބަޔަކު ބަލާ ރިއަލިޓީ ޝޯވ އެކެވެ.

ބޮލީވުޑް އަށް ގިނަ ލަވަކިއުންތެރިން ތަކެއް ދީފައިވާ މިޝޯވ ސޮނީ ޓީވީން ގެނެސްދޭން ފެށީ 2004 ގަ އެވެ. މި އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ނިންމާލި "އިންޑިއަން އައިޑޮލް 13″ ކާމިޔާބުކޮށްފައި ވަނީ ރިޝީ ސިންގް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.