"މުޖީބު" ގެ ޓްރެއިލާ ދައްކައިލައިފި

"މުޖީބު" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
10 އޮކްޓޯބަރ 2023 12:34
0

ބަންގްލްދޭޝްގެ ކުރީގެ ރައީސް ޝެއިހް މުޖީބުރް ރަހުމާން ގެ ވާހަކަ ކިޔައިދޭ ފިލްމު "މުޖީބު: ދަ މޭކިން އޮފް އަ ނޭޝަން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބައްޕަ މުޖީބުރް އަކީ ބަންގްލަދޭޝްގައި އުފެދުނު އެންމެ ވަރުގަދަ އެއް ސިޔާސާ ޝަހުސިއްޔަތެވެ. އޭނާ އަކީ ގައުމު ބިނާކުރުމުގެ ބާނީގެ ގޮތުގައި މަޝްހޫރު ޝަހުސިއްޔަތެކެވެ.

މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކޮށްފައި ވަނީ އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ޝިއާމް ބެނެގާލް އެވެ. ނެޝަނަލް އެވޯޑް ހޯދާފައިވާ މި ޑައިރެކްޓަރަކީ "ޒުބޭދާ" އާއި "އަންގޫރު" އާއި "ޖުނޫން" އަދި "މަންޑީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

"މުޖީބު" ގައި އޭނަގެ ރޯލު ކުޅެފައި ވަނީ ބަންގްލަދޭޝްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އަރިފިން ޝުވޫ އެވެ. މި ފިލްމްގައި މުޖީބުރް ގެ އެންމެ ކުޑަ ދުވަސްވަރުން ފެށިގެން އޭނާ ގަތުލުކުރުމާ ހަމައަށް އެމެދުގައިވި ގިނަ ކަަންތަށްތަކެއް ކިޔައިދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.