"ރާމާޔަން" ގެ ބަތަލާގެ ރޯލަށް ސާއި

"ރާމާޔަން" ގެ ބަތަލާގެ ރޯލަށް ސާއި

Author
ފާތިމަތު ނާވީ
08 އޮކްޓޯބަރ 2023 09:05
0

2018 ވަނަ އަހަރުގެ ފިލްމް "ކޭޖީއެފް" އިން ވިދާލި ކަންނާޑާ އެކްޓަރު ޔާޝް ބޮލީވުޑްއަށް ތައާރަފްވާ ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ ސައި ޕައްލަވީ ވެސް ބޮލީވުޑްއަށް ތައާރަފް ވުމަށް ނިންމައިފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

މި ދެ ތަރިން ބޮލީވުޑްއަށް ތައާރަފް ވަނީ "ރާމާޔަން" އިންނެވެ. މި ފިލްމްގެ އެއް ބަތޮލަކީ ރަންބީރު ކަޕުރުއެވެ. އަދި މީގެ ކުރިން ނޫސްތަކުން ވަނީ މި ފިލްމްގެ ބަތަލާ އަކަށް ނަގައިފައިވަނީ ރަންބީރު ގެ އަންހެނުން އާލިއާ ބަޓް ކަމަށް ބުނެ ފައިއެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންބީރް ކަޕޫރް ރާމްގެ ރޯލު ކުޅޭ ފިލްމުގައި ސީތާގެ ރޯލު ކުޅޭނީ އަންހެނުން އާލިއާ ބަޓެވެ. ނަމަވެސް އޭނަގެ ބަދަލުގައި މިހާރު ޕައްލަވީ އަށް އެ ރޯލު ދީފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

 

View this post on Instagram

 

A post shared by Sai Pallavi (@saipallavi.senthamarai)

އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަ ރާމާޔަން އަށް ބިނާކޮށް ހަދާ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، މި ޓްރިލޮޖީ އިއުލާންކުރީ 2018 ގަ އެވެ.  މީގެ ޑައިރެކްޓަރު ނިތޭޝް އަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުޔައް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރެވެ.

 

View this post on Instagram

 

A post shared by Sai Pallavi (@saipallavi.senthamarai)

ސައީ، 31، އަކީ އާންމުކޮށް ތަމަޅަ، ތެލެގޫ އަދި މަލަޔާޅަމް ފިލްމުތައް ކުޅޭ ބަތަލާއެކެވެ. އޭނާ އަންނަނީ  އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާ އެކީ ވެސް މިހާރު ފިލްމެއްގެ މަސައްކަތް ކުރަމުން ނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.