ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލިހުގެ ދައުރު މުހިންމު: މުއިއްޒު

ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލިހުގެ ދައުރު މުހިންމު: މުއިއްޒު

Author
އަހުމަދު
03 އޮކްޓޯބަރ 2023 05:06
0

ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި ރައްޔިތުންގެ މަޖިލިހުގެ ދައުރު މުހިންމު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބީ ރައީސް މުއިއްޒު މިއަދު ވަނީ މަޖިލިހުގެ އިދާރާގައި ބައްދަލު ކުރައްވައިފައެވެ. މުއިއްޒު މަޖިލީހަށް ވަޑައިގެންނެވުމުން މަޖިލިސް ރައީސާއި، ނައިބް ރައީސް އީވާ އަބްދުﷲ އާއި، މަޖިލީހުގެ މެމްބަރުން ވަނީ ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ.

މަޖިލީހުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި މުއިއްޒު ލިޔުއްވި ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލިހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި މުއިއްޒު ވެސް ވަނީ މި ބައްދަލުވުމަށް ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.

މުއިއްޒު މިއަދު މަޖިލީހުގެ ރައީސް ނަޝީދާ ބައްދަލު ކުރެއްވި އިރު، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ކޮމެޓީތައް އެކުލަވާލައި، އެ މަސައްކަތް ވަނީ ފަށައިފަ އެވެ. މުއިއްޒު އެކުލަވާލެއްވި އިންތިގާލީ ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާއަށް ސަރުކާރުގެ ފަރާތުން އެކުލަވާލި ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރެވެ. އަދި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ރޭ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ނަޝީދަށް ނިން ބޮމުގެ ހަމަލާގެ ތަހުގީގް އަވަސްކޮށް އިންސާފު ހޯއްދަވާ ދެއްވާނެކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭން ދަތުރުތަކުގައި ވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އެކީ އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ފާހަގަ ކުރެއްވި ކަމަށެވެ.

އެއިންސާފު ހޯދައި ދިނުމުގެ ދަތުރުގެ ތެރެއިން ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމުގެ ތެރެއިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ މި ސަރުކާރުން ނުބަލާ ކަމަށާއި އެމަނިކުފާނަށް އިންސާފުވެސް ހޯއްދަވައި ދެއްވާފައި ނުވާ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ %54.04 ވޯޓުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. މިއިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހީމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.