މާލޭގައި އޮތް ޕިކަޕެއްގެ ބެޓަރިއެއް ވަގަށް ނެގި ދެ މީހަކު ހޯދަން ވީޑިއޯއާއިއެކު ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މި ދެމީހުންނަކީ މާފަންނު ދުވާޓްރެކް ކައިރި ގޯޅީގައި އޮތް ޕިކަޕެއްގެ ބެޓަރިއެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެމީހުންކަމަށެވެ.
މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ