ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައިފި

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައިފި

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރައްވައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ދާދި ދެންމެ އަކު ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައެވެ. ކަރެކްޝަނުން ބުނީ ވަގުތީ ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ޞާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށެވެ.

އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. މުއިއްޒު ވިސްނާތި. ޔާމީނަށް އިތުބާރު ނުކުރާތި. މުއިއްޒު އޭނާއަށް ހެޔޮކޮށްް ހިތިޔަސް އޭނަ އެވަރެއް ނުދަންނާނެ. އެހެންނޫންނަމަ އޭނަގެ ވެރިކަމުގަ އެތަށް ބަޔަކު ޖަލަަށްލީއިރު ބޭބެވެސް މުސްކުޅިހާލުު ޖަލަށްލީ.

  2. ތިޔަބުނާ ބޭބެ ކުށެއްނުޮކޮށެއްނޫނޮ ޖަލަށްލީކީ ގާނޫނީގޮތުން އުފެދިފައޮތް ސަރކާރެއް ވައްޓާލަަން ސްޕްރީމްކޯޓްގަ ތިބިފަނޑިޔާރުންނަށް ރިޟްވަތުދީ ފާޑެއްގެ ހުކުމެއް ނެރުވާ ހުކުމް ނެރެންއޮތްރޭކުރީރޭ ހަނދުކޭތައަށްވުރެ ބޮޑުކޭތައެއް ހިފާނެއޭޓްވީޓް ކޮށް އެބޭބެއަކީ ރާއްޖެދުށް އެންމެ ވެރިކަމަށް ދަހިވެތިމީހާ ބުނާނެ ގައުމަށްޓަކައޭ ތިމަންނަ މަސައްކަތް ކުރަނީ އެކަމު މިސަރުކާރުން ގައުމު އަޅުވެތި ކުރަމުންދާއިރު ބަލަހައްޓައިގެން ހެވިފަ އެހެރީ ކިތަންމެ މުސްކުޅިއަސް ކުށެއް ކުރީމަ ޖަލަށްލީ ހަޖަމުކޮށްލާ ހައްހައް

Leave a Reply

Your email address will not be published. Required fields are marked *