ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އަދި ވަރަށް އަވަހަށް އެމީހުން އެކަން އިއުލާން ކުރާނެ ކަމަށް ވެސް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ.
އިންޑިއާގެ ވަރަށް ގިނަ މީޑިއާތަކުން މިކަން ރިޕޯޓްކުރި ނަމަވެސް އެކަން ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. އަނުޝްކާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީ 2017 ވަނަ އަހަރު ކުރި ކައިވެނިން ވަނީ އަންހެން ކުއްޖެއް އެމީހުންނަށް ލިބިފައިއެވެ. ފުރަތަމަ ދަރިފުޅު ލިބުނީ 2021 ގަ އެވެ. އެއީ ވަމީކާ ކިޔާ އަންހެން ކުއްޖެކެވެ.
ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ 35 އަހަރުގެ ބަތަލާ ބޮލީވުޑް އަށް ތައާރަފްވީ "ރަބް ނެ ބަނާދީ ޖޯޅީ" އިން 2008 ވަނަ އަހަރުގައިއެވެ. އަނުޝްކާ އެންމެ އަވަހަށް ފެނިގެންދާނީ "ޗަކްދާ އެކްސްޕްރެސް" ކިޔާ ފިލްމްއަކުންނެވެ. ނަމަވެސް އެފިލްމް އަޅުވާ ދުވަސް އަދި އިއުލާންއެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ