ފައިސާ ބަހާކަމަށް ބުނެ މިނިސްޓަރ ސަމީރުއަށް ދުއްތުރާ ކުރިކަމުގެ ތުހުމަތުގައި ވިޔަފާރިވެރިޔާ ކޭޑީ ހައްޔަރު ކޮށްފި

ފައިސާ ބަހާކަމަށް ބުނެ މިނިސްޓަރ ސަމީރުއަށް ދުއްތުރާ ކުރިކަމުގެ ތުހުމަތުގައި ވިޔަފާރިވެރިޔާ ކޭޑީ ހައްޔަރު ކޮށްފި

Author
ހުސެއިން
30 ސެޕްޓެމްބަރ 2023 05:04
0

ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު ހއ. ދިއްދޫގައި ފައިސާ ބަހާކަމަށް ތުހުމަތުކޮށް މިނިސްޓަރ ސަމީރަށް ދުއްތުރާ ކުރިކަމުގެ ތުހުމަތުގައި ކުރި ޝަކުވާތަކާއި ގުޅިގެން ދިއްދޫގެ ވިޔަފާރިވެރިޔާ އަދި ޕީޕިއެމްގެ އެކްޓިވިސްުޓު އަބުދުލްމަޖީދު މާހިރު (ކެޑީ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކޭޑީ މިއަދު މެދުރެއް ހާއިރު ހައްޔަރު ކޮށްފައިވަނީ އެ ރަށުގައި ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު ފައިސާ ބަހާކަމަށް ކޭޑީ ތުހުމަތުކޮށް، އޭނާގެ ފަހަތު ގޭގެއަށް ވަންނަން ފެށުމާއެކު، މިނިސްޓަރ ސަމީރަށް އޭނާ ދުއްތުރާކުރަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ކުރުމާއި ގުޅިގެންނެވެ.

ކޭޑީ އަކީ މީގެ ކުރިން އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތަތްތެރިވަމުން އައި ދިއްދޫގެ ވިޔަފާރަވެރިއެކެވެ. އެހެންނަމަވެސް އޭނާ ފަހުން ވަނީ އިދިކޮޅު ޕީޕީއެމްއާއި ގުޅިފައެވެ. އެމްޑީޕީގެ ރައީސް ނަޝީދު ފަޅިއަށް ކުރިން ތާއީދު ކުރަމުން އައި ކޭޑީ ޕީޕީއެމްއާއި ގުޅިފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭޑީ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މިހާރު ކުރިޔަށްދާ ވޯޓު ކާމިޔާބު ކުރުމަށް ވެރިކަން ކުރަމުންދާ އެމްޑީޕީގެ ބައެއް ފަރާތްތަކުން ފައިސާ ބަހަމުންދާ ކަމުގެ ތުހުމަތު ކޮށްގައެވެ. އެހެންނަމަވެސް ރައީސް ސާލިހު މިއަދު ވިދާޅުވެފައިވަނީ އެމްޑީޕީން އެއްވެސް އިންތިޚާބެއްގައި ވޯޓު ގަތުމަށް ފައިސާ ބަހާފައި ނުވާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޞ ޞޯންތަށި
ޥަގަކު ވައްކަން ކޮށްފަ ބުނާނެތަ މަ މި އައީ ވައްކަން ކޮށްގެނޭ ހަމަ ހެވެނީ