ވޯޓު ކަރުދާސް ދައްކައި، ފޮޓޯނެގި 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!

ވޯޓު ކަރުދާސް ދައްކައި، ފޮޓޯނެގި 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 04:30
0

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ތެރެއިން ވޯޓު ކަރުދާސް، ދައްކައި ވޯޓު ކަރުދާހުގެ ފޮޓޯނެގި މައްސަލާގަިއ 14 މީީހަކު ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސްފިއެވެ.

އިންތިޚާބާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން ވޯޓް ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން މިއަދު މިހާތަނަށް 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިމީހުން ހައްޔަރު ކުރީ ކޮންކޮން ރަށްތަތަކުން ކަމެއް ފުލުހުން ބުނެފައި ނުވެއެވެ.

ވޯޓު ކަރުދާސް ދައްކައިފިނަމަ ނުވަތަ ފޮޓޯ ނަގައިފިނަމަ އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެއެވެ.

މީގެ ކުރިން މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން އެ މައްސަލަ ފުލުހުން ބެލިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.