2018ހެ ކުރިން އިވެމުންދިޔައީ އަނިޔާވެރިކަންކަންކަމަށާއި، އެމަނިކުފާނަކީ އެ އަނިޔާ ތަހައްމަލުކުރެއްވި ބޭއްފުޅެއްކަމަށް ތިނަދޫ ދެކުނު ފާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ މެންބަރު ޢަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގެ އަނިޔާއާއި އުނދަގޫ އޭނާއާއި އޭނާގެ އާއިލާއިން ތަހައްމަލުކުރި ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ޞަލިޙަށް ތާއިދުކުރީ ކުރީގެ އަނިޔާވެރިކަމަށް ރުޖޫއަވާން ބޭނުން ނުވާތީ ކަމަށްވެސް ޢަބްދުﷲ ވިދާޅުވިއެވެ.
އަޅުގަނޑުގެ ތުއްތު 8 މަހުގެ ކުޑަކުއްޖާ ދޫކޯށްފަ އަޅުގަނޑު ރާއްޖެއިން ބޭރުގަ ހޭދަކުރިން. ވަރަށް ހިތްދަތިވި. މިއަދު އަޅުގަނޑޫ މި ދަތުރަށް އެރިއިރުގަވެސް 10 އަހަރުގެ ކުޑަކުއްޖާ ގިސްލަމުން ރޮމުން އެދިޔައީ އަޅުގަނޑު ގެއްލިދާނެތީ. އެބިރުވެރިަމުގެ ތެރޭގަ. އަޅުގަނޑުގެ ހިތަށް އައީ 2018ގަ އެ ހޭދަކުރި ހޭދަކުރުން.
– ޢަބްދުﷲ އަޙްމަދު ވިދާޅުވިއެވެ.
ރައީސް ޞާލިޙަށް ތާއީދުކުރެއްވުމަށް ނިންމެވީ އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަން ބޭނުންވާތީކަމަށް ވިދާޅުވެ އޭނާ ވަނީ، ކުރީގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގިކަމާއި، މަޖިލީހުގެ 12 މެންބަރުން މަޖިލީހުގެ ގޭޓުން ބޭރަށް އެއްލާއިރިރު އޭގެ ތެރެއެއިން އެއް މެންބަރަކީވެސް އޭނާކަމަށް ވިދާޅުވެފައެވެ.
ޢަބްދުﷲ ވިދާޅުވީ އެ ދުވަސްތަކާއި، އެ މާޒީ އަނބުރާ ރުޖޫއަ ކުރަން ބޭނުންނުވާކަމަށެވެ.