ސަރނގު އާދަމް މަނިކު-- ފޮޓޯ: ސަން

ރައީސް ޞާލިޙް ފަސް އަހަރު ޤައުމު ހިންގީ މީހެއްގެ ގައިގަ ވިކާވެސް ނުލައި: އާދަމް މަނިކު

ރައީސް ޞާލިޙް ފަސް އަހަރު ޤައުމު ހިންގީ މީހެއްގެ ގައިގަ ވިކާވެސް ނުލައި: އާދަމް މަނިކު

ގުޅުންހުރި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފަސް އަހަރު ދުވަހުގެ ދައުރެއް އެ ނިންމަވާލައްވަނީ އެއްވެސް މީހަކަށް ނހައްގުން އެއްވެސް އަނިއްޔާއެއް ނުދީކަމަށް މާލޭެ ސިޓީގެ އެންމެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ރައީސް ޞާލިޙަކީ އެމްޑިޕީގެ ޕްރައިމަރީން އިންތިޚާބުވެވަޑައިގެންނެވި ބޭފުޅާކަމަށެވެ. އެއީ ހިޔްތިރި ހުލްގު ހެޔޮ ބޭފުޅެއްކަމަށާއި،

ފަސް އަހަރު މިގައުމު ހިންގީ މީހެއްގެ ގައިގަ ވިކާވެސް ނުގަނެ. ކޮބައިތޯ އަދި ޖަލަށްލުން އޮތްތާ އެބާއްވާ. އަޑު ނުއުފުލާ، ކޯފާވެސް ނުވެ، އަޅުގަނޑުމެން ދޮލަނގަށް ލައިގެން މި ގެންގުޅެނީ އެބޭފުޅުންނާ ޚިލާފަށް އެ ހިތްތިރި ރައީސުލްޖުމްހޫރިއްޔާ.

– ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކު ވިދާޅުވީ އެދެނީ އެންމެ ކަމަކަށްކަމަށާއި، އެއީ ޜާއްޖޭގެ ޤާނޫނު އަސާސީ ތަންދޭ މިންވަރުން އެމަނިކުފާނަށް އަދި އެއް ދައުރު ދިނުމަށްކަމަށެވެ. އެއީ އެމަނިކުފާނު ފަށްޓަވާފައިވާ ކަންކަން ނިންމުމަށްކަމަށްވެސް އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކު ވިދާޅުވީ، ރާއްޖޭގައި ތަރައްޤީގެ އެތައް މަޝްރޫޢުއެއް ހިންގަމުން އަންނަކަމަށާއި، ރާއްޖޭގެ މިނިވަންކަންވެސް އެގޮތުގައި އެބައޮތްކަމަށެވެ.
ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވާ އެއް ވާހަކައަކީ އެމަނިކުފާނަކީ އަނިޔާވެރި ވެރިއެއް ނޫންކަމެވެ. ޕީޕީއެމްގެ ކުރީގެ އަނިޔާވެރިކަމަށް އަލުން އިއާދަވާން ބޭނުން ނުވާކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

4 Responses

  1. ކަލޭގެފަރާތުންް ކިހާފައިސާއެއްް ދިވެހިދައުލަތައްދޭންޖެހޭތަަ އެހުރިހާކަމެއްް ދައުލަތުންް ކަލޭމެނައްކޮއްދޭތީީ ކަލޭމެންގެގައިގަަ ވިކިޔަސްް ތަންގަޑުގައްވީދިޔަސްް ކަލޭމެނަކައްް އިހުސާސެއްް ނުހުންނާނެެ ކަލޭމެންތިތިބީީ ބޯގޮވާފަަ

  2. ޖަލުގަ ތިބޭމީހުން ބުނަނީ ތިހެނެއްނޫ އެހެންނޫނަސް ވިކާމަސްނަގާފަނެތަސް ކުރާބާވަރުއަނިޔީތައްހުރެ މިސާލަކަން ޔާމީނައް ދޮގުހަދަހަދާގެން ދޭއަނިޔާކުޑަތަ މީހަކަން އަނިޔާދެވޭނީދެންއެހާކަންހާވަރަށް އެއްމެމީހަކަން މުޅިކޯލިސަން ވެގެން އަނިޔާއެއްވާހުންނާނީދެވިފަތަ މިކޮމެެްޓ ލާދޭ ނޫހެއްބާމީ ބައެއްނޫނުންލާނުދޭތީވެ އަނެއްބަނޫހުގަހުންނާނީ ހުސް ދާލުލިޔެވޭގޮތައް ހަދާފަ.ވަރަށްފޫހި

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ