ތިނަދޫގެ ބިން ހިއްކުމާއެކު، ހައުސިން ޔުނިޓް އަޅަން ރައީސް ވައުދުވެވަޑައިގެންފި

ތިނަދޫގެ ބިން ހިއްކުމާއެކު، ހައުސިން ޔުނިޓް އަޅަން ރައީސް ވައުދުވެވަޑައިގެންފި

Author
އަހުމަދު
28 ސެޕްޓެމްބަރ 2023 12:22
0

ގދ. ތިނަދޫގެ ބިން ހިއްކުމާ އެކު، ހައުސިން ޔުނިޓް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވައުދުވެވަޑައިގެންފިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ތިނަދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ތިނަދޫއަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ހޫޓި ކަނޑުގެ ބައްތިއާ ހަމައަށް ތިނަދޫގެ ބިން އިތުރު ކުރައްވައި ހައުސިން ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫއެއް ހިންގަވާނެ ކަން ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.

"އަޅުގަނޑުމެން މި ރަށުގައި އަޅާނީ 500 ހައުސިން ޔުނިޓެއް ނޫން. މި ރަށުގެ ރައްޔިތުންނަށް ދަތިވެފައި އޮތް ބޯހިޔާވަހިކަން ހައްލު ކުރުމަށް ފުރިހަމަ ބޮޑު ހައުސިން ޕްރޮޖެކްޓެއް އަޅުގަނޑުމެން ހިންގާނަން،" ރައީސް ވިދާޅުވިއެވެ.

ތިނަދޫ ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި، އެއާޕޯޓަށް ބޭނުންވާ ބިން ވެސް ހިއްކިގެންދާނެ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސްގެ މި ވައުދަކީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ކުރިން ވެސް ތިނަދު އަށް ވަޑައިގެން ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޕެންޝަންގައި ހުރި ފައިސާ އިން ބޯހިޔާވަހިކަމަށް ހައުސިން ލޯނު ލިބޭނެ އުސޫލު ތިނަދޫ އަށް ވެސް ފަހިކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
މިހާރުވެސް މިރަށުގައި ބޮޑު ވެލިފުންޏެއް ޖަހާފަ އެބަހުރި. ކުރެވޭ ބޭނުމެއް ނެތް. މިކަލޭގެ ރަނގަޅަށް ބޯގޮވީބާ.