މިނޫނީ އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް ނުބޭއްވޭ: ޝިޔާމް

މިނޫނީ އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް ނުބޭއްވޭ: ޝިޔާމް

މިނޫނީ އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް ރާއްޖޭޣައި ނުބޭއްވޭކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، ތިން ކަމެއް ކޮށްފިނަމަ، އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަށް ފާޑުވިދާޅުވެ އަޙްމަދު ޝިޔާމް ވިދާޅުވީ، މިނޫނީ އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް ނުބޭއްވޭކަމަށެވެ. ރައީސް ޞަލިޙް ކެމްޕެއިނުން ބަލިވެއްޖެކަން ޔަޤީންކޮށް މިހާރު ރާވަމުންދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގަންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މިނޫނީ އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް ނުބޭއްވޭ. ރައީސް ޞޯލިހު ކޭންޕުން ބަލިވެއްޖެކަން ޔަޤީންކޮށް މިހާރު ރާވަމުންދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގަން. މީ 'އުފާވެރި އަމާންރާއްޖެ' ސްލޯގަން އަކަށް ހަދައިގެން ކެންޕެއިންކުރާ މީހުން.

– ޝިޔާމް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އައްޑޫ އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ އެކުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ރަނގަޅަށް ނުކުރެވުނު އެއް ކަމަކީ ވޯޓުލާން ތިބި މީހުންނާ ކުރަން ޖެހޭ މުއާމަލާތްތައް ނުކުރެވުން ކަމަށެވެ. އެގޮތުން ފޯން ކޯލްތައް ނާންނަ ކިތަންމެ އެމްޑީޕީ މެމްބަރުންތަކެއް ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ރީޗްވާންވީ ވަރަކަށް ވޯޓާސް އަށް، ރައްޔިތުންނަށް ރީޗްވެވިފައެއް ނެތް. އަޅުގަނޑުމެންގެ މެމްބަރުންނަކަށް ވެސް ރީޗްވެވިފައެއް ނެތް. ފޯނުކޯލް ނާންނަ ކިތަންމެ ބައެއް އެބަތިބި. ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ ކިތަންމެ ބައެއް އެބަތިބި،"

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓުލާން މީހުން ނެރެން އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު އިރު، އެގްޒިޓްޕޯލް ނެގުން ފަދަ ކަންތައްތައް ވެސް އޮތީ ނުކުރެވި ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ސަމާލުވާންވީ އެއް ކަމަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުމަކީ ވެސް ވޯޓު ގެއްލުނު ކަމެއް ކަމަށާއި ފުރަތަމަ ބުރުގެ ނަތީޖާ ރަނގަޅަށް ބަލާއިރު ކޮންމެ ރަށެއްގައި ވެސް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ ވޯޓާ އެކު އެމްޑީޕީ ފިކުރަށް 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މި ވިސްނުމާއި ފިކުރަށް ހުރިހާ ރަށެއްގައި މެޖޯރިޓީ އެބައޮތް. މަސައްކަތްކުރަންވީ ވަގުތީ ގޮތުން ވަކިވެގެން ދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނައުން,"

– ރައީސް ވިދާޅުވިއެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ސަރުކާރާ ބެހޭ ގޮތުން އިދިކޮޅުފަރާތްތަކުން ފަތުރަމުން ގެންދާ ދޮގުތަކުގެ ހަގީގަތް ރައްޔުިތުންނަށް ހާމަކޮށްދިނުމެވެ. އެ މަސައްކަތް މިދިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ،ކުރެވިއްޖެ ކަމަށާއި ކުރިއަށް މިއޮތް ދެދުވަހުގެ ތެރޭގައި ވެސް އެމަސައްކަތް ކުރުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުނަސް މި ބުރުގައި ކާމިޔާބީ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ފަސް އަހަރާއި މީގެ ކުރީގެ ފަސް އަހަރާ އަޅާކިޔާއިރު ތަރައްގީއަށްޓަކައި ކުރެވިފައި ހުރި މަސައްކަތްތައް ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް އެހެރީ ފެންނަން,"

– ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *