އައްޑޫއަށް ސިޔާސީ ޢީދެއް، ރައީސާއި މުޢިއްޒު އައްޑޫގައި!

އައްޑޫއަށް ސިޔާސީ ޢީދެއް، ރައީސާއި މުޢިއްޒު އައްޑޫގައި!

ގުޅުންހުރި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އެއްވަގުތެއްގައި އައްޑޫ ސިޓީއަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން އެބަ ގެންދަވައެވެ.

އައްޑޫ ސިޓީން މިވަގުތު ފެންނަނީ ސިޔާސީ ފޯރި ވަރަށް ގަދަކޮށެވެ. ދެބޭފުޅުންވެސް ފޯރީގައި އައްޑޫގައި ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ދެ ކެންޑިޑޭޓުންނަށްވެސް އައްޑޫ ސިޓީގެ މެޖޯރިޓީ މުހިންމެވެ. އިންތިޚާބުގެ ފުރަތަ ބުރުގައި އައްޑޫގެ މަދު ފޮއްޓެއް ފިޔަވައި ގިނަ ފޮށިތަކުން މެޖޯރިޓީ ނެގީ މުޢިއްޒެވެ.

ރައީސް ވިދާޅުވެފައިވަނީ ފުރަތަމަ ބުރުގައި ގޯސްތަކެއް ހެދިފައިހުރިމަށެވެ. އެހެންކަމުން އެކަންކަން މިހާރު ރަނގަޅުކޮށް ކެމްޕެއިން އިތުރަށް ވަރުގަދަ ކުރައްވާފައިވާކަމަށެވެ. ރައީސް ކެމްޕެއިނަށް އައްޑޫއަށް ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓް އައްޑޫއަށް ވަޑައިގެން އުޅުއްވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ރައީސްގެ ރަނިންމޭޓް މުޙައްމަދު އަސްލަމަކީ އައްޑޫސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެންބަރުވެސްމެއެވެ.

ޑރ.މުޢިއްޒު ކެމްޕެއިންގައި ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑުއަށް ވަޑައިގަތީމިއަދު ހެނދުނެވެ. އެއީ ލ. ގއ. އަދި ގދ ވަޑައިގަތުމަށްފަހުއެވެ.

އައްޑޫގައި ދެ ކެންޑިޑޭޓުން ހަރަކާތްތެރިވެވަޑައިގަންނަވާއިރު، މުޅި ސިޓީން ސިޔާސީ ފޯރި ފެނެއެވެ. މުޅި އެ ސިޓީ ވަނީ އެމްޑީޕީގެ ރީނދޫކުލައާއި، ޕީޕީއެމްގެ ފިޔާތޮށި ކުލައިން ޖަރީވެފައެވެ. ރައީސް އިރުކޮޅަކުން ފުވައްމުލަކަށް ފުރާވަޑައިގަންނަވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކުޑަތަންވާއިރު، ދެ ކެންޑިޑޭޓުންވެސް އަންނަނީ ވަރަށް ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ