ތިލަފުށިން ތެޔޮ އަޅައިގެން ފުރަން އުޅުނު ބޯޓެއްގައި ރޯވެއްޖެ

ތިލަފުށިން ތެޔޮ އަޅައިގެން ފުރަން އުޅުނު ބޯޓެއްގައި ރޯވެއްޖެ

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2023 01:20
0

ތިލަފުށީ ފަޅުތެރޭ އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުގައި ރޯވީ، ވިލާގެ ފިއުލް ފާމުން ތެޔޮ ބަރުކޮށްގެން ނުކުންނަނިކޮށެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ އިރު އެ ބޯޓުގައި ފުރަތަމަ އަލިފާން ހިފީ އިންޖީނު ހުންނަ ބައިގައި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ. އެއީ ކޮން ކުންފުންޏެއްގެ، ކޮން ރަށެއްގެ ބޯޓެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގި ދޯނި ކައިރީގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އަލިފާން ރޯވި ތެޔޮ އުފުލާ ދޯނި މިހާރު ފަޅުން ނެރެފައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.