އެމްޑީއޭއިން ސަރުކާރު ކޯލިޝަނުން ވަކިވާން ނިންމި ނިންމެވުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ލަސްތަކެއްނުވެ އެބޭފުޅުންނަށް ފެންނާނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މާލެއިން ބޭރަށް ފުރަތަމަ ފަހަރަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީއޭގެ ނިންމެވުމަށް އިހުތިރާމް ކުރައްވާކަަމަށެވެ. ނަމަވެސް އެމްޑީއޭއިން ނިންމެވި ނިންމެވުމާއިމެދު އެބޭފުޅުން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަން ދާދި އަވަހަށް އެބޭފުޅުންނަށް އިހުސާސް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެބޭފުޅުންގެ ނިންމެވުން އަދި އެއީ ރަނގަޅު ނިންމެވުމެއް ނޫންކަމަށް ފަހުން ފެނިގެންދާތާންވެސް ލަސްތަކެއް ނުވެ އެބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ދިވެހިންގެ ތަރޭގައި ބުނެއުޅޭ މުހާވިރާ ބަހެއް އޮވޭ، އަންނަ އެއްޗިހީގެ ތެރޭގައި ދާއެއްޗިހި ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެހެންވީމަ އެކަހަލަ ކަންތައް ދިމާވާނެ. ކަންބޮޑުވެ ވަޑައި ނުގެން ކުރިއަށް ވަޑައި ގަންނަވާ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ނަތީޖާ ދަށްވެގެން ދިޔައީ ކުރަންޖެހޭ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވިގެން ކަމަށެވެ. ޚާއްސަކޮށް އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު އިންތިހާއަށް މަދުވުމާއި، ވޯޓުލާން މީހުން ނެރުމަށް ބާރު ނޭޅުވުމާއި، ލިސްޓުތައް ރަނގަޅަށް ނުބެލެހެއްޓުމަކީ ދިމާވި މައްސަލަތަކެއްކަމަށެވެ. ނަމަވެސް މިފަހަރު އެކަންކަން ބަދަލުވެގެންދާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ހަމަމިއާއިއެކު ރައީސް ވިދާޅުވީ ޕީޕީއެމްއަށް ބޮޑެތި ސިޓީތަކުން ވޯޓު އިތުރުވީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުމުގައި ޕާޓީއާއި ދުރަށް ޖެހި ވަޑައިގެންނެވި ބޭފުޅުންގެ ވޯޓުން ކަމަށެވެ. ރައީސް ވަނީ ދެވަނަ ބުރުގައި އެބޭފުޅުންނާއި ވާހަކަ ދައްކަވައި ހުރިހާ ބޭފުޅުންވެސް އެބޭފުޅުންގެ އެހީތެރިކަން ހޯއްދަވައިފެން ދެވަނަ ބުރުގައި މަސައްކަތް ކުރުމަށް އެދިވަޑަިއގެންފައެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އައިގޮތުން ދެވަނަ ބުރުގައި އެނަތީޖާ އަނބުރާލުމަކީ ނުވާނެ ކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއިންތިޚާބު ކާމިޔާބު ކުުރެވޭނެ ކަމާއިމެދު ކުޑަވެސް ޝައްކެތް ނެތްކަމަށެވެ.
2 Responses
3 ސަަާބަސް އިބޫ 🙂
ސަހާދެއް މީ ހަމަ ތަނެއްގަ ހުރި މަރުމޯލެއް