މުއިއްޒު ދިރިއުޅުއްވާ ދިމްޔާތު ރެއިޑް ކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި

މުއިއްޒު ދިރިއުޅުއްވާ ދިމްޔާތު ރެއިޑް ކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި

Author
އަހުމަދު
26 ސެޕްޓެމްބަރ 2023 05:22
0

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މ. ދިމްޔާތަށް މަސްތުވާތަކެތި ވައްދައި ރެއިޑް ކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

މުއިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދައި، އެ ގެ ރެއިޑް ކުރަން އުޅޭ ކަމަށް ބުނެ، ހަބަރު ފަތުރާފައި ވަނީ ޗެނަލް 13 އިންނެވެ. ޗެނަލް 13 އިން ބުނެފައި ވަނީ މުއިއްޒުގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި އޭނާ ފްރޭމްކޮށް، ހައްޔަރުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މުއިއްޒުގެ ގެއަށް، އެ މުއައްސަސާ އިން ރާވައިގެން މަސްތުވާތަކެތި ވައްދައި ރެއިޑް ކުރަން އުޅޭ ކަމަށް ބުނެ ޗެނަލް 13 އިން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

ޗެނަލް 13 ގެ އެ ހަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވިފައި ނުވާ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ އަގު ވައްޓާލުމުގެ ގޮތުން ގެނެސްފައިވާ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ދިވެހި ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ޒިންމާދާރު ކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ގެނެސް ދިނުމަކީ މި ހިދުމަތުން ކުށްވެރި ކުރާ ކަމެކެވެ. އަދި ނޫސްވެރިކަމުގެ އަސާސީ މިންގަނޑާ ހިލާފަށް މިފަދަ ކަންކަން ނުކުރަން މި ހިދުމަތުން އިލްތިމާސް ކުރަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަށްޑާ
ފުލުހުންނަށްއަޅުގަނޑުގޮވާލަން ހަގީގަތާހިލާފް ދޮގުވާހަކަފާތުރާ ނޫސްމަޖައްލާ ތަކާއި ޓީވީޗެނަލްތަށް ހިންގާތަންތަން މިހާރުންމިހާރަށް ބަންދުކުރޭ
ރ ރައިޑު
ކުރަން އުޅުނު ކަންތައް ފަޅާއެރީމާ ދެން ޖެހޭނީ ދޮގުކުރާންތާ،!
މ މިއަދު
ޢުތުރުތިލަފަޅުން ގޯތިދޭނެކަށްބުނު ރައިސްސާލިހު ބުނިބުނުމަކީ ދޮގުޚަބަރެއްނޫންތަ އެކަންވެސް ދިވެހި އަސްކަރިއްޔާއިން ކުއްވެރިކޮށްބަލަ