"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެމެޒޯން ޕްރައިމް އިން މިހާރު ބަލާލެވޭނެ

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެމެޒޯން ޕްރައިމް އިން މިހާރު ބަލާލެވޭނެ

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

ޖުލައި މިހު ސިނަމާތަށް ގެނައި މި ފިލްމް އަކީ ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ. ރޮމޭންޓިމް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ މުހިންމު ރޯލުތަކުން ދަރުމެންދުރަ އާއި ޖާޔާ ބައްޗަން އާއި ޝަބާނާ އަޒްމީ ވެސް ފެނިގެންދެއެވެ. މީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދައިފައިވާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

ޖުލައި މަހުގެ 29 ގައި ރިލީޒްކުރި މި ފިލްމަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ގެ އިތުރުން "އޭ ދިލް ހެ މުޝްކިލް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ 7 ވަނަ ފިލްމެވެ.

ޖުމްލަ 160 ކްރޯޑް ރުޕީސް (19.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ބޮކްސް އޮފީހުގައި 347.02 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި ފިލްމަކީ މި އަހަރު ރިލީޒްކުރި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *