މުހުތާޒް، ނިޔާޒަށް: ސިޔާސީ ވާހަކަ ދައްކަންވާނީ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހިދާނެކަން ދަނެގެން!

މުހުތާޒް، ނިޔާޒަށް: ސިޔާސީ ވާހަކަ ދައްކަންވާނީ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހިދާނެކަން ދަނެގެން!

Author
އައިޝަތު އަޙްމަދު
25 ސެޕްޓެމްބަރ 2023 03:00
0

ސިޔާސީ މައިދާނަށް ނިކުމެ ސިޔާސީ ސްޓޭޓްމަންޓްތައް ދޭންވާނީ އާންމުންގެ ފާޑުކިޔުންތަކާއި ހިތްހަމަ ނުޖެހުންތަކާއި ކުރިމަތިލާންޖެހިދާނެކަން ދަނެތިބެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުޙުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިހެން ވިދާޅުވެފައިމިވަނީ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް، ޕީޕީއެމްއަށާއި، އިދިކޮޅު ކެންޑިޑޭޓަށް ފާޑުވިދާޅުވެ ބައެއް ނޫސްތަކަށް ދެއްވާފައިވާ އިންޓަރވިއުއާއި ގުޅިގެން ، މިއަދު އޭނާއާއި މަގުމަތިން ބަޔަކު ދިމާކުރުމުން އެއީ ޕީޕީއެމްގެ އަސްލު ސިފަކަށް ވިދާޅުވެ ޕީޕީއެމާއި އިދިކޮޅަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

ނިޔާޒާ މިއަދު މަގުމަތިން ދިމާކޮށް، އެނާގެ ފަހަތުން އެކި ތުހުމަތުތަކާއެކު ބަޔަކު ވީޑިއޯކުރަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ނިޔާޒް ބޭންކަށް ވަޑައިގަންނަވަނިކޮށް، ބަޔަކު ފަހަތުން ގޮސް ވަނީ އެކި ސުވާލުތައް ކުރައްވާ އެކި ތުހުމަތުކުރައްވާފައެވެ. އެގޮތުން ނިޔާޒް ފައިސާ ހޯދަނީ ކޮންތާކުންތޯ ސުވާލުކޮށްފައިވެއެވެ.

ނިޔާޒް ވިދާޅުވީ، އޭނާ ބޭންކަށް ވަޑައިގެންނެވި މަގުމަތީގައި "ބޯދިގުކޮށްފައިވާ"ވާ ގުންޑާއެއް އޭނާއާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށް އިންޒާރު ދީފައިވާކަމަށެވެ. މިހާރުއްސުރެ ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން ނިޔާޒް ވިދާޅުވެފައިވެއެވެ.

ނިޔާޒްގެ އެ ވާހަކަތަކާއި ގުޅިގެން މުހުތާޒް ދެއްވި ރައްދުގައި ވިދާޅުވީ، ސިޔާސީ މައިދާނަށް ނިކުމެ ސިޔާސީ ސްޓޭޓްމަންޓްތައް ދޭންވާނީ އާންމުންގެ ފާޑުކިޔުންތަކާއި ހިތްހަމަ ނުޖެހުންތަކާއި ކުރިމަތިލާންޖެހިދާނެކަން ދަނެތިބެކަމަށެވެ. އެކަން ހަޖަމުނުވާނަމަ އެމަގުން ހިނގުން ބުއްދިވެރިއެއްނޫންކަމަށް މުހުތާޒް ވިދާޅުވިއެވެ.

ނިޔާޒް ވަނީ އޭނާއަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުކުރާ މީހާގެ ފޮޓޯ ވެސް އާއްމުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަތިރިމަތި
ނިޔާޒަކީީ އަތިރިމަތީގަަ ގާއުކަންއުޅޭޭ ހާކާލިބުރުވާލިި މޮޔައެއްް ޕްރޮފެޝަނަލްމީހެއްނޫންް އަމަލުތަައްް ބާޒާރުު ވިސްނުންވެސްބާޒާރުު