2014 ވަނަ އަހަރު ގެނެސްދިން ފިލްމް "ހައިދަރު" ގެ ދެވަނަ ބައެއް ނުވަތަ ސީކުއަލް އެއް ގެނެސްދޭން ތައްޔާރު ވަމުން އަންނަ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރު ތަށް ގެނެސްދޭ ނޫޠަސްތަކުން ބުނެފިއެވެ.
މި ފިލްމްގެ ދެވަނަ ބައެއްގެ އަޑު ގަދަވެފައި މިވަނީ ހަދަރުގެ ޓީމް އާއި އެކުގައި ޝާހިދު މަޝްވަރާތަކެއް ކުރިއަށް ގެންދާތީއެވެ. އެގޮތުން ފިލްމްގެ ޕްރޮޑިއުސަރުގެ އޮފީހުން ނިކުންނަނިކޮން ނަގައިފައިވާ ވީޑިއޯ އެއް ވަނި އަންމުވެފައިއެވެ.
"ހައިދަރު" އަކީ މަޝްހޫރު ލިއުންތެރިޔާ ޝޭކްސްޕިއާގެ "ހެމްލެޓް" އަސްލަކަށް ބަލައިގެން ވިޝާލް ބަރަދްވާޖް ޑައިރެކްޓް ކުރި ވަރަށް ކާމިޔާބު އަދި ބެލުންތެރިންގެ ތައުރީފް ވަރަށް ބޮޑަށް ލިބިގެން ދިއަ ފިލްމްއެކެވެ.
މި ފިލްމްގެ ލީޑުން ފެނިގެން ދިއައީ ޝާހިދު ކަޕޫރު އާއި ޝަރައްދާ ކަޕޫރުއެވެ.އަދި އެ ދެ ތަރިންގެ އިތުރުން މި ފިލްމްގެ މުހިއްމު ރޯލަަކުން ތާބޫ ވެސް ވަނީ ފެނިގެން ގޮސްފައިއެވެ. އެއީ ޝާހިދުގެ މަންމަގެ ރޯލެވެ.
މީގެ ކުރިން ވެސް ޝޭކްސްޕެއާގެ ވާހަކަަތައް އަސްލަކަށް ބަލައިގެން ވިޝާލް ވަނީ ކާމިޔާބް ފިލްމްތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި "އޮތެއްލޯ" އަށް ބިނާކޮށް ހެދި "އޯމްކާރާ" އާއި "މެކްބަތު" އަށް ބިނާކޮށް ހެދި "މަގުބޫލް" ހިމެނެއެވެ.
ކޮމެންޓު ފޮނުވާ