ފިރިމީހާ އަށް ބަރޯސާ ނުވާކަމަށް ޝިލްޕާ ބުނެފި

ފިރިމީހާ އަށް ބަރޯސާ ނުވާކަމަށް ޝިލްޕާ ބުނެފި

Author
ފާތިމަތު ނާވީ
26 ސެޕްޓެމްބަރ 2023 09:42
0

ފައިސާގެ އެއްވެސް ކަމެއްގައި ފިރިމީހާ އަށް ބަރޯސާ ނުވާ ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އޭނަގެ އާ ފިލްމު "ސުކީ" ގެ ޕްރޮމޯޝަންގެ ތެރެއިން ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ޝީލްޕާ ބުނީ އޭނާ އަކީ އަބަދުވެސް ވަރަށް ފުދިންގެ ނުވަތަ ލިބިގެން އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ ބޮޑުވީ ވެސް ފުރިދިގެން ހުރިހާ ކަމެއް ފުރިހަމަ ވެފައި ހުރި އާއިލާއެއްގައި ކަމަށެވެ.

ޝިލްޕާ ބުނި ގޮތުގައި ކައިވެންޏަށް ފަހު ފިރިމީހާ އަށް ވެސް ދައްކަން ބޭނުންވީ އޭނަ އަށް ބަރޯސާވެގެން ދިރިއުޅޭ މީހެއް ނޫން ކަމަށެވެ. އެއާއި އެކުގައި ފިރިމީހާގެ ފައިސާ އަށް އެއްވެސް ވަރަކަށް ބަރޯސާ ނުވާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ޝިލްޕާ އާއި ވިޔަފާރީ ވެރިއެއް ކަމުގައިވާ ރާޖް ކުންދުރާ ކައިވެނި ކުރީ 2009 ވަނަ އަހަރުގައިއެވެ. އަބަދުވެސް ވަރަށް ފިޓު ބަތަލާއެއްގެ ގޮތުގައި މަޝްހޫރު ޝިލްޕާ އަށް މި ކަިއވެނިން ވަނީ ދެ ކުދިންވެސް ލިބިފައިއެވެ.

ފިލްމު "ބާޒީގަރް" އިން 1993 ގައި ބޮލީވުޑަށް ނުކުތް ޝިލްޕާ އަކީ ފިލްމީ މަސައްކަތުގެ އިތުރުން ޓީވީ ޝޯތަކުގައި ޖަޖުކަން ކޮށްގެން އަދި ބައެއް ބްރޭންޑް ތަށް އެންޑޯޒް ކޮށްގެން ވެސް އާމްދަނީ ހޯދައެއްވެ. އަދި މީގެ އިތުރުން އޭނާ އަކީ ބައެއް ވިޔަފާރީތަށް ވެސް ހިންގާ ބަތަލާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.