ޕަރިނީތީ އާއި ރާގަވް ކައިވެނިކޮށްފި

ޕަރިނީތީ އާއި ރާގަވް ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
25 ސެޕްޓެމްބަރ 2023 02:00
0

ބޮލީވުޑް ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި ލޯބިވެރިޔާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރާގަވް ޗައްޑާ ކައިވެނިކޮށްފިއެވެ.

މި އަހަރުގެ މެއި މަހުގެ 13 ގައި އެންގޭޖްވި މި ދެ މީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް އިއްޔެ ހަވީރު ބޭއްވީ އުދައިޕޫރްގަ އެވެ. އުދައިޕޫރު ގެ މަޝްހޫރު ލަގްޒަރީ އަދި އެހާމެ އަގުބޮޑު ހޮޓަލެއް ކަމުގައިވާ ލީލާ ޕެލެސްގައިއެވެ. މީ ޕަރިނީތީ ގެ ކަޒިން އެއް ކަމުގައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވެސް ކައިވެނި ކުރި ވެނޫއެވެ.

ނަމަވެސް، ޕަރިނީތީއާ ދެބެންގެދެދަރި އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އެ ކައިވެންޏަކަށް ނުދެ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ޕްރިޔަންކާ އެ ކައިވެންޏަށް ނުދިޔައީ މަސައްކަތުގައި އަވަދިނެތި އުޅޭތީ އެވެ.

 

View this post on Instagram

 

A post shared by @parineetichopra

 

އެ ހަފުލާގައި ދެފަރާތުގެ އާއިލާގެ މީހުންނާއި އެ މީހުންގެ ގާތް ރައްޓެހިންގެ އިތުރުން ބޮލީވުޑްގެ ބައެއް މީހުންނާއި ސިޔާސީ ދާއިރާގެ ބައެއް މީހުން ވެސް ހިމެނެ އެވެ. ކައިވެނީގެ ހަފުލާގައި ކަރަން ޖޯހަރާއި މަނީޝް މަލްހޯތުރާ އަދި ދިއާ މިރްޒާ ކަހަލަ ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވެސް ބައިވެރިވި އެވެ.

އެމީހުން ކައިވެނި ކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަޑު ފެތުރުނުތާ މާގިނަ ދުވަސް ތަކެއް ނުވަނީހެނެވެ. ކުރިންވެސް މީޑީއާއިން ވަނީ މިކައިވެނި ކުރެވޭނެ ކަމުގެ އިޝާރާތެއް ދީފައިއެވެ.

ޕަރިނިތީ، 34، އާއި ރަގަވް، 34، އަކީ އިނގިރޭސި ވިލާތުގެ ލަންޑަންގެ ސްކޫލް އޮފް އިކޮނޮމިކްސްގައި ކިޔެވިއިރު، ކްލާސްމޭޓުންނެވެ. އޭރުއްސުރެ އެ މީހުންނަކީ ވަރަށް ގާތް ރައްޓެހިންނެވެ.

 

View this post on Instagram

 

A post shared by @parineetichopra

ޕަރިނީތީ ކައިވެނިކުރި އިރު، އޭނަ ރޯލެއް ކުޅެފައިވާ އަކްޝޭ ކުމާރުގެ "މިޝަން ރާނީގަންޖު" އަންނަ މަހުގެ 6 ގައި ރިލީޒްކުރާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.