މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އާއި އޭނާގެ ފިރިމީހާ، ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީގެ ދެވަނަ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯ ތަކެއް އާންމުކޮށްފިއެވެ.
މުޅި އާއިލާ އެކުގައި ނަގައިފައިވާ މި ފޮޓޯ ތަކުގައި ރިހާނާ އާއި އޭނާގެ ފިރިމީހާ އަދި އެމީހުންގެ ދޮށީ ދަރިފުޅު އާއި އެކުގައި އެދެމަފިރިންނަށް އެންމެ ފަހުން ލިބުން ކުއްޖާގެ ފޮޓޯތަށް ވަރަށް ސާފުކޮށް ވަނީ ފެނިގެން ގޮސްފައިއެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ ރިޒާ އެތެލާސްޓަން މޭޔާސް އެވެ. އެ ދަރިފުޅު ލިބުނީ މިދިޔަ އަހަރު މެއި 13 ގަ އެވެ.
މިދިއަ މަހުގެ އެއްވަނަ ދުވަހުގައި ރިހާނާ ވެހި އިރުގައި އޭނާ ބަނޑުބޮޑުކަން އިއުލާން ކުރީ މި އަހަރުގެ ސުޕަރ ބޯލް ހާފްޓައިމް ޝޯވ ގައި ގެނެސްދިން އޭނާގެ ޕާފޯމެންސްގެ ތެރެއިންނެވެ.
ދެވަނަ ދަރިފުޅު ލިބުނުތާ ދުވަސްތަކެއް ވީ ފަހުން، އެކުއްޖާ ދައްކައިލައިފައި ވާ އިރުގައި މީގެ ދުވަސްކޮޅެއް ކުރިން އެކުއްޖާގެ ނަން ވެސް ވަނީ އިއުލާން ކޮށްފައިއެވެ. އެ ދެމަފިރިންގެ ދެވަނަ ދަރިފުޅަށް ކިޔަނީ، ރިއޮޓް ރޯސް މޭޔާސް އެވެ. އެ ނަމަކީ ރޮކީ އާއި ފެރެލް ވިލިއަމްސް އެކީގައި ކިޔާފައިވާ ލަވަ "ރިއޮޓް" އަށް ނިސްބަތްކޮށް ކީ ނަމެއް ކަމަށް ވެސް ވެ އެވެ.

"ފެންޓީ" ގެ ނަމުގައި އަމިއްލަ ފެޝަނާއި ކޮސްމެޓިކް ބްރޭންޑެއް ވެސް ހިންގަމުން އަންނަ ރިއާނާގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "އެންޓި" އެވެ. މިދިޔަ އަހަރު ނެރުނު "ބްލެކް ޕެންތާ" ގެ ސީކްއެލް "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" އަށް ރިއާނާ ކިޔައިދިން ލަވަ "ލިފްޓް މީ އަޕް" އަކީ މި އަހަރުގެ އޮސްކާ އާއި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އޮރިޖިނަލް ލަވައަށް ވާދަކުރި ލަވައެކެވެ.
ކޮމެންޓު ފޮނުވާ