"ކުޝީ" އޮކްޓޯބަރު 1 ގައި ނެޓްފްލިކްސް އަށް

"ކުޝީ" އޮކްޓޯބަރު 1 ގައި ނެޓްފްލިކްސް އަށް

Author
ފާތިމަތު ނާވީ
26 ސެޕްޓެމްބަރ 2023 12:05
0

ސައުތުގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ވިޖޭ ދެވަރަކޮންޑާ އާއި ސަމަންތާ ރޫތް ޕަރަބޫ އެކުގައި ފެނިގެންދިއަ ލޯބީގެ ފިލްމް "ކުޝީ" ނެތްފްލިކްސް ގައި ޕްރިމިއާ ކުރާ ތާރީހު އިއުލާން ކޮށްފިއެވެ.

މިމަހުގެ އެއްވަނަ ދުވަހުގައި ރިލީޒް ކުރި މި ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްއެކެވެ. މި ދެތަރިން ގެ ކެމިސްޓްރީއަށް ގިނަ ބައެއްގެ ތައުރީފް އޮހުނު ފިލްމް ނެޓްފްލިކްސް އިން ގެނެސްދޭނީ މި ފެށޭ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގައިއެވެ.

މި އިންޓަ ފެއިތު ލޯބީގެ ވާހަކަ އަކީ ކަޝްމީރުގެ ހިތްގައިމު ހިސާބެއްގެ ވަށައިގެން ވާ ވަރަށް ރީތި ހިސާބެއްގައި ޝޫޓް ކޮށްފައިވާ ފިލްމްއެކެވެ.  މި ފިލްމްގައި ދައްކުވައިދެނީ ވިޖޭ (ވިކްރަމް) ކަޝްމީރަށް ދަތުރުކޮށް، ސަމަންތާ (އާރާދިޔާ) ދެކެ ލޯބި ވެއެވެ. އެ އަންހެން ކުއްޖާ އަކީ ބްރަހްމަނަކަށް ވުމުން މައިންބަފައިން އެ މީހުންގެ ލޯތްބަށް އެއްބަސް ކުރުވަން ދެ މީހުން ވެސް ވަރަށް މަސައްކަތް ކުރެ އެވެ. އެކަން ކާމިޔާބު ނުވުމުން ކޮންމެވެސް ގޮތަކުން ކައިވެނި ކުރެއެވެ.

ޝިވާ ނިރްވާނާ ޑައިރެކްޓްކޮށްފައިވާ "ކުޝީ"ގެ ކާސްޓުންގެ ތެރޭގައި ޖަޔަރާމް، ސަޗިން ކެޑަކަރް، މުރަލީ ޝަރުމާ، ލަކްޝްމީ، އަލީ، ރޯހިނީ، ވެނެލާ ކިޝޯރު، ރާހުލް ރާމަކްރިޝްނާ، ސްރީކާންތު އަޔަންގަރް އަދި ސާރްނިޔާ ހިމެނެ އެވެ.

މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.