ސައުތުގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ވިޖޭ ދެވަރަކޮންޑާ އާއި ސަމަންތާ ރޫތް ޕަރަބޫ އެކުގައި ފެނިގެންދިއަ ލޯބީގެ ފިލްމް "ކުޝީ" ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރު ވެއްޖެއެވެ.
މިމަހުގެ އެއްވަނަ ދުވަހުގައި ރިލީޒް ކުރި މި ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްއެކެވެ. މި ދެތަރިން ގެ ކެމިސްޓްރީއަށް ގިނަ ބައެއްގެ ތައުރީފް އޮހުނު ފިލްމް ނެޓްފްލިކްސް އިން ގެނެސްދޭ ވަކި ތާރީހެއް އަދި ހާމަ ކޮށްފައިއެއް ނުވެއެވެ.
މި އިންޓަ ފެއިތު ލޯބީގެ ވާހަކަ އަކީ ކަޝްމީރުގެ ހިތްގައިމު ހިސާބެއްގެ ވަށައިގެން ވާ ވަރަށް ރީތި ހިސާބެއްގައި ޝޫޓް ކޮށްފައވާ ފިލްމްއެކެވެ. މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ޝިވާ ނިރްވާނާ ޑައިރެކްޓްކޮށްފައިވާ "ކުޝީ"ގެ ކާސްޓުންގެ ތެރޭގައި ޖަޔަރާމް، ސަޗިން ކެޑަކަރް، މުރަލީ ޝަރުމާ، ލަކްޝްމީ، އަލީ، ރޯހިނީ، ވެނެލާ ކިޝޯރު، ރާހުލް ރާމަކްރިޝްނާ، ސްރީކާންތު އަޔަންގަރް އަދި ސާރްނިޔާ ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ