ބަތަލާ ސޮނާކްޝީ ސިންގާ މުމްބާއީގެ އައްސޭރިފަށުން ގެއެއް ގަނެފިއެވެ. މީގެ ދެދުވަހެއް ކުރިން ބަތަލާ ވަނީ މި ގޭ އާންމުންނަށް ދައްކައިވެސް ލައިފައިއެވެ.
2010 ވަނަ އަހަރު "ދަބަންގް" އިން ސަލްމާން ހާން އާއި އެކުގައި ބޮލީވުޑް އަށް ތައާރަފްވި ބަތަލާ ގެއެއް ގަތް ނަމަވެސް މިގޭގެ އަގު ހާމަކޮށްފައިއެއް ނުވެއެވެ. އިންސްޓަރްގާމް ގައި އޭނާ ވަނީ މިގޭގައި ނަގައިފައިވާ ފޮޓޯ ތަކެއް ހިއްސާ ކޮށްފައިއެވެ.
އެ ޕޯސްޓްގައި ސޮނާކްޝީ އިތުރަށް ބުނީ އަމިއްލަ ފައިސާއިން ގެއެއް ގަތުމުގެ ވާހަކަ އޭނާގެ ބައްޕަ އަބަދުވެސް ދައްކާ ކަމަށާއި އެހެން ކަމުން އެއީ އޭނާގެ ހުވަފެނެއް ކަމަށެވެ.
ވަރަށް ޒަމާނީ އަދި ލަގްޒަރީ އިންޓީރިއާ އަކަށް ފަރުމައި ކޮށްފައިވާ މިގޭގެ އެންމެ ހާއްސަ ކަމަކީ ގޭގެ ފާރުތަކެވެ. އެގޮތުން އޭނާގެ ގެއަކީ މޫވަބަލް ވޯލްސް އެކުލެވޭހެން ގޭގެ ފާރުތައް ބޭނުން ގޮތަކަށް އަތރައިލެވޭ ގޮތަށް ހަދާފައިވާ ގެއެއް ކަމަށް ސޮނާކްޝީ ބުންޏެވެ.
މިދިޔަ މެއި މަހު 4000 އަކަފޫޓުގެ އެ ގެއަށް ބަދަލު ވުމުގެ ކުރިން ސޮނާކްޝީ ދިރިއުޅެމުން އައީ އޭނާގެ މައިންބަފައިންނާ އެކު އެއް އިމާރާތެއްގަ އެވެ.
ކޮމެންޓު ފޮނުވާ