ރައީސް ނަޝީދަށް އިންސާފު ހޯދައި، ނިގުޅައިގަތް ޕާޓީ ހޯދާދޭނީވެސް އަޅުގަނޑުމެން: ޝިޔާމް

ރައީސް ނަޝީދަށް އިންސާފު ހޯދައި، ނިގުޅައިގަތް ޕާޓީ ހޯދާދޭނީވެސް އަޅުގަނޑުމެން: ޝިޔާމް

ގުޅުންހުރި

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް އިންސާފު ހޯދާދީ، ރައީސް ނަޝީދުގެ އަތުލުން ނިގުޅައިގެން ޕާޓީ އަލުން އިޔާދަ ކޮށްދޭނީވެސް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ ކުރެއްވި ޓުވިޓަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިސަރުކާރުގެ ފުރިހަމަ ބާރައި އިހުތިޔާރު އޮއްވައި ރައީސް ނަޝީދަށް މަޖީދީ މަގުގެ މެދުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއއީ ނުވާކަމަކަށް ހަދާފައިވާކަމަށެވެ. ރައީސް ނަޝީދަށް އިންސާފު ހޯދާ ރައީސް ނަޝީދުގެ އަތުން ނުހައްގުން އަތުލި ޕާޓީ އަލުން އިޔާދަ ކޮށްދޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ރައީސް ޝިޔާމް ވިދާޅުވިއެވެ.

ޔަޤީންކަމެއްތީ. އެ ހަމަލާގެ މަޢުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް ލިބިވަޑައިގަތީމަވެސް ފިޔަވަޅެއް ނޭޅުއްވި. އަދި އެކަން ހިނގައިގެން މިއަދާ ހަމައަށްވެސް ރައީސް ޞާލިހުގެ ޅިޔަނު ލައްވާ ރަނގަޅު ތަޙުޤީގެއް ހިންގެވީކީވެސް ނޫން. ނިގުޅައިގަތް ޕާޓީވެސް ހޯދައިދޭނީ އަޅުގަނޑުމެން ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނީވެސް އަޅުގަނޑުމެން.

– ޝިޔާމް ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދުމަށް މިސަރުކާރުން ހުރަސް އަޅަކަމަށް ތަކުރާރުކޮށް އެއާއިލާއިން ވަނީ ބުނެފައެވެ.

ހަމަލާއަށް އިންސާފު ނުލިބިގެން އުޅެނިކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލް ތަފާތުވުންތަކުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާއި ގުޅިފައެވެ. ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެމްޑީޕީވަނީ އެބޭފުޅުންގެ އަތުން ނިގުޅައިގެންފައެވެ. އަދި ޕްރައިމަރީ ރައީސް ޞާލިހު ކާމިޔާބު ކުރީ އޮޅުވާލައިގެން ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ