އަމީންއާއެކު ޖޭޕީގެ ގިނަ ބަޔަކު ރައީސަށް ތާއީދުކޮށްފި

އަމީންއާއެކު ޖޭޕީގެ ގިނަ ބަޔަކު ރައީސަށް ތާއީދުކޮށްފި

ގުޅުންހުރި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް އާ އެކު، އެ ޕާޓީގެ ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމަވާފައިވާ ޖޭޕީގެ އިސް ބޭފުޅުންގެ ތެރޭގައި އަމީންގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އާއި ކުރީގެ ހެލްތު މިނިސްޓަރު އަމީން އާއި ކައުންސިލް ބައެއް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކައުންސިލް މެމްބަރު މުހައްމަދު ސައީދާއި މުހައްމަދު އަދުހަމާއި ޖޭޕީގެ ޔޫތު ލީގުގެ ނައިބު ރައީސް ޝުއައިބު ޝިފާޒް ޝަރީފާއި އެހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރައީސް ސޯލިހަށް މިރޭ ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި 50 އަށް ވުރެ ގިނައެވެ.

އަމީން، ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވި އިރު، ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ވެސް ވަނީ ރައީސް ސޯލިހަށް އެންޑޯޒް ކުރައްވައިފައެވެ. އަދި އިލްހާމް ވަނީ ޖޭޕީން ވަކިވެވަޑައިގެން ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހިމް ވަޑައިގެންނެވީ ފަސް ވަނައަށެވެ. އޭގެ ފަހުން ގާސިމް ވަނީ ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރައްވަން ނިންމަވައިފައެވެ. ނަމަވެސް ޖޭޕީގެ މެމްބަރުން، އެމީހަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުން އެއީ މައްސަލައެއް ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ