ކިތަންމެ ގިނައިން ފިލްމް ކުޅެން ބޭނުން ވި ނަމަވެސް މިހާރުގެ ހާލަތު ގެ ގޮތުން ކުޅެވޭނީ އަހަރު ދެ ފިލްްމް ކަމަށް ހުނަރުވެރި ބަތަލާ ކަރީނާ ކަޕޫރު ހާން ބުނެފިއެވެ.
ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ އަކީ މިހާރު މަންމަ އެއް ކަމަށާއި އެހެން ކަމުން ކުދިންގެ ކަންކަމުގައި ވެސް ހިއްސާވާން ބޭނުންވާތީ ބައެއް ކަންކަން ގުރުބާން ކުރަން ޖެހޭ ކަމަށް ދެކުދިންގެ މަންމަ ވަނީ ބުނެފައިއެވެ.
ކުދިންނަށް ވަގުތު ދޭން ޖެހޭތީ ފިލްމީ މަސައްކަތްތަކާއި އާއިލީ ކަންކަން ބެލެންސްކުރަން ބޭނުންވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު 43 އަހަރު ފުރުނު ބަތަލާ ވަނީ ބުނެފައިއެވެ. ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރަށް މިހާރު 6 އަހަރެވެ. ހަގު ދަރިފުޅު ޖަހާންގީރް (ޖޭ) އަށް 2 އަހަރެވެ.
ހިންދީ ސިނަމާގެ އެންމެ ނުފޫޒު ފަދަ ފިލްމީ އާއިލާ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ކަރީނާ އަކީ ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސް އިން މިދިއަ ބުރާސްފަތި ދުވަހު ޕްރިމިއާ ކުރި "ޖާނެ ޖާން" އިންނެވެ.
ކޮމެންޓު ފޮނުވާ