ހީނާ ގެ އަޑުން ލަވައެއް

ހީނާ ގެ އަޑުން ލަވައެއް

Author
ފާތިމަތު ނާވީ
24 ސެޕްޓެމްބަރ 2023 10:21
0

މަޝްހޫރު ޓީވީ ބަތަލާ ހީނާ ހާން ގެ އަޑުން ކިޔައިފައިވާ ލަވައެއް އާންމުކޮށްފި އެވެ.

މީ ހީނާގެ އަޑުން ކިޔައި މި ގޮތަށް ނެރުނު ފުރަތަމަ ލަވައެވެ. މި ލަވަ ކިޔުމުގެ އިތުރުން ލަވަ ނެރެފައިވަނީ ވީޑިއޯ އާއި ވެސް އެކުގައިއެވެ. "ބަރްސާތު  އާ ގައީ" ގެ ނަން ދީފައިވާ މި ލަވައިގެ ވީޑީއޯ އިން ވެސް ފެނިގެން ދަނީ ހީނާއެވެ.

ހީނާ ބުނީ މިފަދަ މަސައްކަތެއް ކުރުމަށް ފަހު ބެލުންތެރިންނާއި ހަމައަށް ގެނެސްދެވުމަކީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ލިބިގެން ދިއަ ކަމެއް ކަމަށެވެ. އަދި މި ލަވަ އާއި މެދުގައި ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ބެލުންތެރިންނަށް ކަމުދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

35 އަހަރުގެ ބަތަލާ ލަވަކިޔުމުގެ ހުނަރު ދައްކައިލި އިރު، ހީނާ އަކީ މިހާރު ފިލްމުތައް ވެސް ކުޅެމުން އަންނަ ބަތަލާއެކެވެ. އޭނަގެ ފުރަތަމަ ބޮލީވުޑްގެ ފިލްމަކީ 2021 ގެ "ހެކްޑް" އެވެ.

ހީނާ މަޝްހޫރު ވެގެން ދިއައީ ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އޭނާ ކުޅުނު އަކްޝަރާގެ ރޯލުންނެވެ. އެއާއި އެކުގައި އޭނާ ވަނީ އިތުރު ޑްރާމާ ތަކުގެ އިތުުރުން ފިލްމް ތަކުން ވެސް ފެނިގެން ގޮސްފައިއެވެ.

މީގެ އިތުރުން އޭނާ ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުގައި ވާދަ ކޮށްފައިއެވެ. އޭގެ ތެރޭގައި "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ފާހަގަ ކޮށްލެވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.