ފެހެންދޫގެ ކުޑަ އާބާދީއަށް ގިނަ ވައުދުތަކާއިއެކު މުއިއްޒުގެ ދެއްވީ ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން!

ފެހެންދޫގެ ކުޑަ އާބާދީއަށް ގިނަ ވައުދުތަކާއިއެކު މުއިއްޒުގެ ދެއްވީ ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން!

ބ. އަތޮޅުގެ އެންމެ ކުޑަ އާބާދީ އޮންނަ ބ. ފެހެންދޫ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މިއަދު ހެނދުނު ފެހެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ މުއިއްޒު ވިދާޅީ ފެހެންދުއަކީ އާބާދީގެ ގޮތުން ކުޑަ ރަށަކަށް ވީނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އެއްވެސް ތަފާތެއް ނުކުރާނެކަމަށެވެ. ރައްޔިތުންނަށް ދޭ ޚިދުމަތަކީ އެރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތީން ދެވޭ ޚިދުމަތަކަށް ހައްދަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ފެހެންދޫއަށް ވެވަޑައިގެންނެވި ވައުދުތައް:

– ސިއްޚީ މަރުކަޒަށް ބޭނުންވާ ކުރިއެރުން ގެނައުން
– ފެހެންދޫ ދަރިވަރުންނަށް ފެހެންދޫގައި ކިޔެވޭނެ ގޮތް ހެދުން
– އެކަށީގެންވާ ފެންވަރުގެ ޓީޗަރުން ލިބޭނެ ގޮތް ހަމަޖެއްސުން
– ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދާ ދިނުން
– ކުޑަކުދިންގެ ޕާކެއް ހެދުން
– އައުޓްޑޯ ޖިމެއް ހެދުން
– ފުލުހުންގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުން
– ކަރަންޓު ކެޕޭސިޓީ އިތުރު ކުރުން
– ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް ނިންމާލަ ދިނުން
– ރަށުގެ އާބާދީއަށް އެކަށީގެންވާ މިސްކިތެއް ގާއިމް ކުރުން
– ޒުވާނުންގެ މަރުކަޒެއް ގާއިމް ކުރުން
– ބަނދަރުގެ މައްސަލައަށް ހައްލު ހޯދާ ދިނުން

މުއިއްޒު ވިދާޅުވީ މީގެ އިތުރުން ފެހެންދުއަކީވެސް ދަނޑުވެރިކަމަށް އިސްކަންދޭ ރަށަކަށް ވުމުން ފެހެންދޫގެ ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށް ދިނުމާއި، ދަނޑުވެރިކަން ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށްދޭނެކަމަށެވެ. އެގޮތުން ވަކި މިނިސްޓްރީއެއްގެ ދަށުން ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެރަށެއްގެ ރައްޔިތުންގެ ސިޔާސީ ވިސްނުމަކަށް ނުބަލާނެކަމަށެވެ. ޚިދުމަތްދޭނީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއިއެކުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *