ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް، ފީގެ ރޭޓު ބޮޑު ނުވާ ގޮތް ހަދަން ރައީސް ނިންމަވައިފި

ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް، ފީގެ ރޭޓު ބޮޑު ނުވާ ގޮތް ހަދަން ރައީސް ނިންމަވައިފި

ގުޅުންހުރި

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގެއެއްގައި ކަރަންޓު ރޭޓް ފްލެޓް ރޭޓަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފިއެވެ.

މާލޭގައި ހުންނަ އެމްޑީޕީގެ ހުވަދޫ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގޭގެއަށް ވަޑައިގަތުމުން އަންނަ އެއް ޝަކުވާއަކީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލްތައް ދައްކާފައި ކެއުމުގެ ކަންކަން ހަމަނުޖެހޭ ވާހަކަ ކަމަށެވެ.

އަދި ކަރަންޓު ބިލް ދެއްކުމުގައި ލުޔެއް ހޯދައި ދިނުމަށް ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނު އަރިހު އެދިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކަރަންޓު ބިލްގެ ރޭޓްތައް ކަނޑައަޅާފައި ހުންނަނީ ވަކި ރޭޓެއްގައެވެ. ވަކި ވަރަކަށް ވުރެ ގިނަ އިން ބޭނުންކޮށްފިއްޔާ އަގުބޮޑުވަމުންދާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ކަރަންޓު ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެން ނުދާނެ. ހަމަ އެއް ރޭޓަކުން މިއަދުން ފެށިގެން އެ ބަދަލު ގެނައީ،" ރައީސް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ