ޝަޚުސިއްޔަތެއް ނެތް މީހަކަށް ޝަޚުސިއްޔަތު ލައިގެން ލަވައެއް ނުހެދޭނެ: ޝިޔާމް

ޝަޚުސިއްޔަތެއް ނެތް މީހަކަށް ޝަޚުސިއްޔަތު ލައިގެން ލަވައެއް ނުހެދޭނެ: ޝިޔާމް

ގުޅުންހުރި

ޝަޚުސިއްޔަތު ލައިގެން ލަވަ ހެދޭނީ އެމީހެއްގެ ގައިގައި އެވަރުގެ ސަޚުސިއްޔަތު ހުރެގެން ކަމަށާއި، ޝަޚުސިއްޔަތު ނެތް މީހަކަށް އެލަގަބު ލައިގެން ހެދޭނެ ލަވައެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކެމްޕޭންގެ ތެރެއިން ބ.ކަމަދޫގައި މިރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ރައީސް ޞާލިހުގެ ހަރަކާތްތައް ހުއްޓި، ކެމްޕޭންވެސް ކުރިއަށްދާތަން ނުފެންނަ ކަމަށެވެ. އިންތިޚާބުން ލިބުނު 38 ޕަސެންޓް ވޯޓާއިއެކު ކަރީގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ރައީސް ޞާލިހުގެ އިތުބާރު ގެއްލި ހުރިހާ ކަމެއް މިހާރު ބަލަހައްޓަވީ ސީދާ ރައީސް ޞާލިހު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

38 އިންސައްތަ ލިބުމުން މަސައްކަތް ކުރަނީ ވައްކަން ކުރަން. މމިާރު މާރިޔާއަކަށް އިތުބާރެއް ނުކުރޭ. ފައިސާ ފޮއްޓާއި ހަވާލުވެ ހުންނެވި މީހާއަށްވެސް އިތުބާރެއް ނުކުރެވޭ. ކެމްޕޭން ކުރަން ތިބި މީހުން ގެއަށް ވަދެ ދަނީ ޖަގަހަތައް ބަންދު ކުރަމުން.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރާއި ހަމައަށް އައިރު ޑރ. މުއިއްޒުގެ މަގުބޫލުކަމާއި ޝަޚުސިއްޔަތު ފެނި ރައީސް ޞާލިހު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައި ގަންނަވާ ކަމަށެވެ. އެގޮތުން މިކެމްޕޭންގައި ޑރ. މުއިއްޒުގެ އެންމެ މަގުބޫލު އެއް ލަވަ ކަމުގައިވާ ޝަޚުސިއްޔަތު ލަވަ އަޑުއިވިއިވި ރައީސް ޞާލިހުވެސް މިހާރު ޝަޚުސިއްޔަތު ލައިގެން ލަވައެއް ހައްދަވަން އެކި ބޭފުޅުންގެ ކިބައިން އެދެމުންދާ ކަމަށެވެ. ނަމަވެސް ޝަޚުސިއްޔަތެއް ނެތް ބޭފުޅަކަށް ޝަޚުސިއްޔަތު ލައިގެން ލަވައެއް ހަދާނެ ގޮތެއް އެކަމަށް އެދޭބޭފުޅުންނަށްވެސް ނުވިސްނުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޞާލިހު އެކި ބޭފުޅުންނަށް ގުޅާފަ އެބަ ވިދާޅުވޭ ޝަޚުސިއްޔަތު ހަދާފަ ލަވައެއް ހަދާ ދީބަލާށޭ ތިމަންނައަށްވެސް. ލަވާގެ ކަޑީގައި ތިމަންނައަށްވެސް ޝަޚުސިއްޔަތު ލާފަ ލަވައެއް ހައްދަވާ ދީބަލާށޭ. މިއީ ސީދާ ރައީސް ޞާލިހުގެ ފަރާތްޕުޅުން ދާ ރިކުއެސްޓެއް. އެކަމު ކިހިނެތްތޯޯ ޝަޚުސިއްޔަތެއް ނެތް މީހަކަށް އެ ލަގަބުދީގެން ލަވައެއް ހަދާނީ.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނީ ވެރިކަމަށް އައުމަށް ވީ އެއްވެސް ވައުދެއް ނުފެއްދި ރައްޔިތުން ދަރުވާލައި، މިނިވަންކަން ގައްލުވާލުމުން ކަމަށެވެ. ދަރަނި އިންތިހާއަށް ބޮޑުއިރު، މިހާތަނަށް 7 ބިލިޔަން ރުފިޔާ ޗާޕްކޮށްގެން މުޅި ޤައުމުގެ އިޤްތިޞާދު ފުޑާލާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަންކަން ބަދަލުކޮށް ހެޔޮ ވެރިކަމެއް ކުރެވޭނީ މިވެރިކަން ބަދަލުކޮށްގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ