އެމްޑީޕީގެ އިގްތިސާދީ މެނިފެންޓީ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަ ދައްކަވަނީ

އުމުރުން ދުވަސްވީ މީހުންނަށް މަހަކު 7،000ރ. ދިނުމަށް ރައީސް ނިންމަވައިފި

އުމުރުން ދުވަސްވީ މީހުންނަށް މަހަކު 7،000ރ. ދިނުމަށް ރައީސް ނިންމަވައިފި

ގުޅުންހުރި

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް 5،000ރ. ގެ ބަދަލުގައި 7،000ރ. އަށް ބޮޑު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައި އެކަން މިރޭ އިއުލާން ކުރައްވައިފިއެވެ.

މާލޭގައި ހުންނަ ހުވަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ލިބިވަޑައިގަތް އެއް ޝަކުވާއަކީ ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް ކުޑަ ކަމުގެ ޝަކުވާއެވެ. އެގޮތުން މި މިހާރު ލިބެމުން އަންނަ އަދަދަކީ ދެކޮޅު ޖެހޭ އެއްޗެއް ނޫން ކަމަށް ބުނެ އެމީހުން ހިތްހަމަނުޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި މި އަދަދަކީ މީގެ މާ ކުރިން ހަމަޖައްސާފައި އޮތް އަދަދެކެވެ.

"އަޅުގަނޑުމެން އެ ސިޔާސަތު ބަދަލު ކުރާނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000ރ. ގެ އެލަވަންސެއް ދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ އުމުރުން 65 އަހަރުވުމުން ރިޓަޔާމަންޓް އޮޕްޝަނަލްކޮށް، 70 އަހަރަށް ދިޔައީމަ، ރިޓަޔާމަންޓް އުމުރު ބަދަލު ކުރުމަށް ނިންމަވާފައިވާ ކަން ވެސް އިއުލާން ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ