ވިކީ ހުރީ އަންހެނުންނާއި އެކުގައި ފިލްމް އެއް ކުޅޭ ހިތުން ކެތްމަދުވެފައި

ވިކީ ހުރީ އަންހެނުންނާއި އެކުގައި ފިލްމް އެއް ކުޅޭ ހިތުން ކެތްމަދުވެފައި

Author
ފާތިމަތު ނާވީ
22 ސެޕްޓެމްބަރ 2023 09:53
0

އަންހެނުން ކެޓްރީނާ ކައިފާ އެކީ ފިލްމެއް ކުޅެން ވަރަށް ބޭނުންވާ ކަމަށާއި އިންތިޒާރު ކުރަމުން ދަނީ  ދެ މީހުންނަށް ވެސް ކަމުދާ ކަހަލަ ސްކްރިޕްޓަކަށް ކަމަށް އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނަގެ އާ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ" ގެ ޕްރޮމޯޝަންގެ ތެރެއިން ވާހަކަ ދައްކަމުން ވިކީ ބުނީ އޭނާއާއި ކެޓްރީނާ އިންތިޒާރު ކުރަމުން ދަނީ އެ ދެމީހުންނަށް ވެސް ކަމުދާ ސްކްރިޕްޓްއަކަށް ކަމަށާއި އެފަދަ ސްކްރިޕްޓެއް އަދި ނުލިބޭ ކަމަށެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

އޭނާއާއި ކެޓްރީނާ އެކުގައި ފެންނާނެ ފިލްމަކަށް މީހުން އިންތިޒާރުކުރާ ކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އެހެން ނަމަވެސް ހަމައެކަނި އެ ސަބަބަށްޓަކައި ފިލްމަކަށް އެއްބަސް ނުވާނެ ކަމަށް ވެސް ވިކީ ބުންޏެވެ.

"އެކަމަކު އަދި މިހާތަނަކަށް އަހަރެމެން ދެ މީހުންނަށް ވެސް ކަމުދާ ކަހަލަ ސްކްރިޕްޓަކާ ދިމައެއް ނުވޭ. އެހެންވެ އަދި އެކީގައި ފިލްމަކުން ނުފެނިގެން އުޅެނީ. އެކަމަކު އެކުގައި ދެމީހުން ވެސް ފިލްމް އެއް ކުޅުމަށް މި ތިބީ ކެއް މަދުވެފައި"

ދެހާސް ނަވާރައިގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އިން އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު ބުނީ ދެމީހުން އެކުގައި ފިލްމް އެއް ކުޅުމުގެ ނަމުގައި ކޮންމެކޮންމެ ފިލްމްއެއް ކުޅެން ބޭނުން ނުވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ވަރަށް ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވިކީ، 35، އާއި ކެޓްރީނާ، 40، ކައިވެނިކުރީ 2021 ގަ އެވެ. މި ކައިވެނި އޮތީ އިންޑިއާގައިއެވެ. ކައިވެނި ކުރެވިގެން ދިއައީ ކުޑަކުޑަ ހަފްލާ އެއްގައި ދެއާއިލާ އާއި ގާތް ރަހުމަތެރިންގެ ހާޒިރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.