ޕަރިނީތީގެ ކައިވެނީގެ ތައްޔާރީތަށް ފަށައިފި

ޕަރިނީތީގެ ކައިވެނީގެ ތައްޔާރީތަށް ފަށައިފި

Author
ފާތިމަތު ނާވީ
21 ސެޕްޓެމްބަރ 2023 09:04
0

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި ލޯބިވެރިޔާ ރާގަވް ޗައްޑާގެ ކައިވެނީގެ ތައްޔާރީތަށް ބާރު ސްޕީޑުގައި ފަށައިފިއެވެ.

މިހާރު ވައިރަލް ވަމުން އަންނަ ވީޑީއޯ ތަކުން ފެންނަ ގޮތުގައި އެ ކައިވެންޏަށް ތަން ޒީނަތް ތެރި ކުރުމުގެ މަސައްކަތް ވަނީ މިހާރު ފަށައިފައިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އެމީހުން ވަނީ ކައިވެނީގެ ހަފްލާ ބާއްވާނެ ތަނެއް ހޯދުމަށް ބައެއް ސިޓީތަކަށް ދަތުރުވެސް ކޮށްފައެވެ.

ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާއްޑާ މި މަހުގައި ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރަށް ކުލަގަދަކޮން ކަމަށް ރިޕޯޓްތަށް ބުނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކައިވެނި އޮންނާނީ މިމަހުގެ 25 ގައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މީޑިއާތަކުން ބުނީ ކައިވެނީގެ ހަފުލާ ބާއްވާނީ ރާޖަސްތާންގެ ގަނޑުވަރެއްގައި ކަމަށެވެ. ޕަރިތީނީއާ ދެބޭންގެ ދެދަރި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާ ވެސް 2018 ގައި ބޭއްވީ ރާޖަސްތާންގެ ގަނޑުވަރެއްގަ އެވެ.

ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެއެއްގެ އިތުރުން އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.