ހުޅުދުއްފާރުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ޕީޕީއެމް

ގާއުނޑޫދޫ ހޯދައި ދިނުމާއެކު މުއިއްޒުގެ ވައުދުތައް ހުޅުދުއްފާރަށް

ގާއުނޑޫދޫ ހޯދައި ދިނުމާއެކު މުއިއްޒުގެ ވައުދުތައް ހުޅުދުއްފާރަށް

ގުޅުންހުރި

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރ. ގާއުނޑޫދޫއަކީ ރ. ހުޅުދުއްފާރުގެ އިހްތިސާސްގެ ތެރޭގައި ހިމެނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގާއުނޑޫދޫއަކީ ހުޅުދުއްފާރު ރައްޔިތުން މީގެ ކުރިން މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުންދިޔަ އެރަށުގެ އިހްތިސޯސްގެ ތެރޭގައި އޮތް ރަށެއް ކަމަށެވެ. އަދި އެ ރަށް މިހާރު އޮތީ ބަޔަކަށް ދީފައި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެކަމުގައި ބަލަން ޖެހޭ ކަންކަން ހުންނާނެއެވެ.

"ކޮންމެ ގޮތަކަށްވިޔަސް، އެ އޮންނަ އުސޫލަކުން ބަލާ އެ އެގްރީމެންޓުން އަނބުރާ ނަގާ، ތިބޭފުޅުންނަށް އިގްތިސާދީ ނަފާ ހޯދުމަށްޓަކައި މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. އެކަން ކާމިޔާބު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގާއުނޑޫދޫ، ހުޅުދުއްފާރުގެ ރައްޔިތުންނަށް ލިބުމުން، އިގްތިސާދީ އެކިއެކި މަސައްކަތްކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މުއިއްޒު ހުޅުދުއްފާރަށް ވެވަޑައިގެންނެވި ވައުދުތައް:

1- ދަނާލެއް ގާއިމުކުރުން.
2- މޫދަށް އެރޭނެ ސަރަހައްދެއް ގާއިމުކުރުން.
3- ކުޅިވަރު ކުޅުމަށް އިންޑޯ އަދި އައުޓްޑޯ ކޮމްޕްލެކްސްއެއް ގާއިމުކުރުން.

މުއިއްޒު ވިދާޅުވީ ރަށްރަށުގައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރި ނަމަ، އެއަށްވުރެ ބާރު ސްޕީޑްގައި އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކުންފުނިތަކަށް މިހާރުވެސް މުވައްޒަފުން ނަގަމުންދާއިރު، އެ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް މުއިއްޒު ވަނީ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *