ބޮލީވުޑް ގެ ފެށުން ދައްކުވައިދޭ ފިލްމްއެއް ގެެނެސްދެނީ

ބޮލީވުޑް ގެ ފެށުން ދައްކުވައިދޭ ފިލްމްއެއް ގެެނެސްދެނީ

Author
ފާތިމަތު ނާވީ
20 ސެޕްޓެމްބަރ 2023 03:33
0

ދުނިޔޭގައި އެންމެ ގިނަ ފިލްމު އުފައްދާ ގައުމު ކަމަށްވާ އިންޑިއާގެ އެންމެ ފުރަތަމަ ފިލްމެއް އުފެއްދި މީހާ ކަމަށްވާ ދާދާސަހެބް ޕަލްކޭގެ ހަޔާތަށް ފިލްމެއް ހަދަން ނިންމައިފި އެވެ.

އިންޑިއާގެ ފިލްމީ މަސައްކަތް ފެށިގެން އައި ގޮތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި، މި ހަފްތާގެ ކުރީ ކޮޅުގައި އެކަން ވަނީ ރަސްމީކޮށް މިހާރު އިއުލާން ވެސް ކޮށްފައިއެވެ.

"މޭޑް އިން އިންޑިއާ" ގެ ނަމުގައި ހަދަން ނިންމާފައިވާ މި ފިލްމުގެ މުގުލުގައި ހުރީ "ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ފިލްމުތައް ހަދައިގެން ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ދައްކުވައިދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އެވެ.

"މޭޑް އިން އިންޑިއާ" އަކީ ގައުމީ އެވޯޑް ހޯދާފައިވާ ނިތިން ކައްކަރު ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ވަރޫން ގުޕްތާ އާއި އެސް އެސް ކަރްތިކިއާ އެވެ.

 

View this post on Instagram

 

A post shared by SS Rajamouli (@ssrajamouli)

 

އިންޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ރާޖާ ހަރިޝްޗަންދުރަ"، ދާދާސަހެބް ހެދީ 1913 ވަނަ އަހަރުގަ އެވެ. އެއީ ސައިލެންޓް ފިލްމެކެވެ. އިންޑިއާ ސިނަމާގެ ފެށުމުގެ ގޮތުގައި ބަލަނީ އެއީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.