ފުރަތަމަ ބުރުގައި ރައްޔިތުން ދިން ސެޓްފިކެޓާއިއެކު މިސަރުކާރުން މަޑުކުރަންވީ ގޭގަ: ޝިޔާމް

ފުރަތަމަ ބުރުގައި ރައްޔިތުން ދިން ސެޓްފިކެޓާއިއެކު މިސަރުކާރުން މަޑުކުރަންވީ ގޭގަ: ޝިޔާމް

ގުޅުންހުރި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުން މިސަރުކާރު ބަލައި ނުގަންކަން ބުނެ ދިން ސެޓްފިކެޓަކީ ރައީސް ޞާލިހާއި މިސަރުކާރު ގޭގައި މަޑު ކުރުމަށް ދިން ދާއިމީ ސެޓްފިކެޓެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ވޯޓަށް ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ދިން ޖަވާބަކީ ސަރުކާރު ބޮޑުތަނުން ފެއިލްވެފައި ވާކަމަށެވެ. ރައްޔިތުން މިސަރުކާރު ބަލައި ނުގަންނަ ކަން، އަދި މިސަރުކާރަށް ތާއީދެެއް ނެތްކަން ރައްޔިތުން ނިންމި ނިންމުމާއިއެކު ދެވަނަ ބުރުގައި އަނެއްކާވެސް ރައްޔިތުންގެ ޚަޒާނާއިން ފައިސާ ބޭނުންކޮށްގެން ދެވަނަ ބުރަށްވެސް ކުރަމުންދާ ޚަރަދުތަކަކީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ޚަރަދުތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިސަރުކާރުން ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްޤީ ކުރިކަމަށް ބުނާއިރު، ކުރިހާވެެސް ކަމަކީ އެއްވެސް ރަށެއްގައި ތަފާތުނުކޮށް ވައްކަން ކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން މިސަރުކާރަށް ނޫނެކޭ ބުނީވެސް ވައްކަމާއި އަނިޔާވެރިކަން އިންތިހާއަށް ދިއުމުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިދަންނަވަނީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ރައްޔިތުންނަށް ޚިދުމަތް ކުރީކީ ނޫނޭ. އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކުރީ ވައްކަމޭ. ވައްކަން ކުރީމާ ދޭންޖެހޭ ސެޓްފިކެޓް ރައްޔިތުން އެއޮތީ ދީފަ. އެސެޓްފިކަޓަކީ ގެޔަށްވަންނަ ސެޓްފިކެޓެއް. އެއީ އަނެއްކާ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ދެވަނަ ބުރަކަށް ދާންޖެހޭވެސް ސެޓްފިކެޓެއް ނޫން އެއީ. ގޭގަ މަޑުކޮށްލަން ދިން ސެޓްފިކެޓެއް އެއީ.

– ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ އައުލަބިއްޔަތުން ފުރަތަމަ ބުރުގައި ނިންމި ނިންމުމުން ސާފުވީ ރައީސް ޔާމީނަށް ކުރަނީ ބޭއިންސާފު އަނިޔާކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައްޔިތުން ނިންމީ ރައީސް ޔާމީނަކީ މިޤައުމަށް އަދިވެސް ބޭނުންވާ ޤައުމުގެ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ލީޑަރުކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ހުރަސް އަޅައި ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ