ސައިފް ވަރުގަދަ އެކްޝަން ފިލްމް އަކަށް ތައްޔާރު ވަނީ

ސައިފް ވަރުގަދަ އެކްޝަން ފިލްމް އަކަށް ތައްޔާރު ވަނީ

Author
ފާތިމަތު ނާވީ
19 ސެޕްޓެމްބަރ 2023 06:21
0

މަޝްހޫރު ޑައިރެކްޓަރު ސިދާތް އާނަންދު ޕްރޮޑިއުސް ކުރާ ވަރުގަދަ އެކްޝަން ފިލްމް އަކަށް ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން ތައްޔާރުވާން ފަށައިފި ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫހެއް ކަމުގައިވާ ޕިންކް ވިލާ އިން ބުނެފިއެވެ.

މި ފިލްްމް އަކީ ސިދާތުގެ އަމިއްލަ ފިލްމު ކުންފުނި، މާފްލިކްސް އާއި ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށް އެނޫހުން ވަނީ ރިޕޯޓް ކޮށްފައިއެވެ.

އަދި ނަމެއް ދިފައިނުވާ މި ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅުގައި ފެށުމަށް މިހާރު ވަރަށް ބާރަށް މަސައްކަތް ތަށް ކުރިއަށް ދާކަމަށް ވެސް ވަނީ ބުނެފައިއެވެ. ފިލްމުގެ ވިލަންއަކަށް ނަގާފައި ވަނީ ޖައިދީޕް އަހުލާވެތެވެ. ޖައިދީޕް އަކީ މި މަހުގެ 21 ގައި ނެޓްފްލިކްސް އިން ޕްރީމިއަކުރަން ހަމަޖެހިފައިވާ ސައިފްގެ އަންހެނުން ކަރީނާ ކަޕޫރްގެ މިސްޓްރީ ތުރިލާ "ޖާނޭ ޖާ" ގެ ރޯލަކުން ފެންނާނެ އެވެ.

މި އަހަރުގެ ޖެނުއަރީގައި ޝާހްރުކް ޚާންގެ "ޕަތާން" ގެނެސް ދިނުމަށް ފަހު، އަންނަ އަހަރުގެ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކީ "ފައިޓާ" ގެނެސްދޭން ތައްޔާރުވަމުން އަންނަ ސިދާތު ޕްރޮޑިއުސްކުރާ ފިލްމެއް ސައިފަށް ހުށަހެޅި އިރު، އޭނާ ވަނީ އެކްޝަން ފިލްމް ތަކެއް ކުޅެފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.