ވަރުން އަށް އަނެއްކައިވެސް ބައްޕަ ގެ ފިލްމްއެއް

ވަރުން އަށް އަނެއްކައިވެސް ބައްޕަ ގެ ފިލްމްއެއް

ބޮލީވުޑްގެ މަޝްހޫރު ރޮމޭންޓިކް ކޮމެޑީ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ޑޭވިޑް ދަވަން ގެ 4 ވަނަ ފިލްމްގެ މަސައްކަތް ދަރިފުޅު ވަރުން ދަވަން އާއި އެކުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކުރާ މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާ މިއުޒިކަލް ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ.  މިފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ވަރުނާއި ޑޭވިޑް އެކުގައި މަސައްކަތްކުރާ ހަތަރު ވަނަ ފިލުމެވެ.

ޑޭވިޑްގެ ފިލްމުތަކުގައި އާންމުކޮށް އެކުލެވޭ ހުރިހާ ރަހައެއް، އާ ފިލްމުގައި ހިމެނޭމެ ކަމަށާއި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް ފިލްމު އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ވަރުން 2012 ގައި ބޮލީވުޑަށް ނުކުތް ފަހުން ޑޭވިޑް މުޅިން ވެސް ފިލްމުތައް ހަދަނީ ދަރިފުޅު ވަރޫން ހިމަނައިގެންނެވެ. އެގޮތުން ދެބަފައިން އެންމެ ފުރަތަމަ އެކީގައި ގެނެސްދިނީ 2014 ގެ "މޭ ތޭރާ ހީރޯ" އެވެ. އޭގެ ފަހުން 2017 ގައި "ޖުޅުވާ 2″ ގެނެސްދިނުމަށް ފަހު 2021 ގައި "ކޫލީ ނަމްބަރު 1″ ގެނެސްދިނެވެ.

މިފިލްމަކީ ޑޭވިޑް ޑައިރެކްޓްކުރާ 46 ވަނަ ފިލްމެވެ. ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ޑޭވިޑްގެ ކުރީގެ ފިލްމުތައް އެންމެ ގިނައިން ކުޅުނު އެކްޓަރުންގެ ތެރޭގައި ގޯވިންދާ އާއި ސަލްމާން ޚާންގެ އިތުރުން ސަންދޭ ދަތު ހިމެނެ އެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *