ކަރަން ކިޔައި ދިނީ ރަންވީރު އާއި ރަންބީރު ގެ ތަފާތު

ކަރަން ކިޔައި ދިނީ ރަންވީރު އާއި ރަންބީރު ގެ ތަފާތު

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ރަންބީރު ކަޕޫރު އާއި ރަންވީރު ސިންގް ގެ ހުންނަ  ތަފާތަކީ ކޮބައިކަން ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރު ކިޔައި ދީޕިފިއެވެ.

އެގޮތުން މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކަރަންއާ ކުރި ސުވާލަކީ ރަންބީރާއި ރަންވީރު ސިންހުއާ އެކު މަސައްކަތް ކުރުމުގެ ހުރި ތަފާތަކީ ކޮބައިހެއްޔެވެ. އެ ސުވާލުގެ ޖަވާބުގައި ކަރަން ބުނީ ރަންވީރަކީ އޭނާގެ ހުރިހާ ކަމެއް އަމިއްލައަށް މެނޭޖުކުރާ މީހެއް ކަމަށެވެ.

އަދި ރަންބީރްކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އަދި މާ ގޮތްގަނޑު ބޮޑު ނޫން އެކްޓަރެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ. ކަރަން ބުނީ އެ ދެ ތަރިންގެ އެއްގޮތް ކަމަކީ އެމީހުންނަށް ލިބިފައިވާ ހުނަރެވެ. އެ ދެ މީހުންނަކީ ވެސް ވަރަށް ކުޅަދާނަ ދެ އެކްޓަރުން ކަމަށް ކަރަން ބުންޏެވެ.

"އެއް ފިލްމުގެ މަސައްކަތް ނުނިންމަ އަނެއް ފިލްމުގެ މަސައްކަތް ރަންބީރު ނުފަށާނެ. މަސައްކަތުގެ ޝެޑިއުލް ވެސް އޭނާ އަމިއްލައަށް ބަލަހައްޓާނީ. ޕީއާރު ޓީމެއް ނުތިބޭ، މެނޭޖަރެއް ވެސް ނުހުރޭ، އެހެން މީހަކު ލައްވާ އޭނާގެ އެ ކަންކަން ނުކުރުވާ،" ކަރަން ބުންޏެވެ.

ކަރަން ވަނީ ރަންބީރާއި އެކުގައި 2015 ގެ ފިލްމު "ބޮމްވޭ ވެލްވެޓް" ގައި ރަންބީރާ އެކީ ރޯލެއް ވެސް ކުޅެފައިއެވެ. މީގެ އިތުުރުން ރަންބީރު ވަނީ ކަރަން 2016 ގައި ޑައިރެކްޓް ކުރި "އޭ ދިލް ހެ މުޝްކިލް" ގެ ލީޑުން ފެނިގެން ގޮސްފައިއެވެ. މީގެ އިތުރުން ރަންބީރު ގެ އަންހެނުން އާލިއާ އަކީ ކަރަންގެ ވަރަށް ފޭވަރިޓެކެވެ.

ރަންވީރު އާއި އެކުގައި ކަރަން ވަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި މަސައްކަތް ކޮށްފައިއެވެ. މި ފިލްމް އަކީ ލީޑުން ރަންވީރު އާއި އެކުގައި އާލިއާ ބަޓް ފެނިގެން ދިއަ ފިލްމްއެކެވެ. ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމްވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *