ރިސޯޓު ކުލި މައާފްކޮށްދިނީއެއް ނޫން، ބިމު ކުއްޔަށް ލުޔެއް ދިނީ: މައުސޫމް

ރިސޯޓު ކުލި މައާފްކޮށްދިނީއެއް ނޫން، ބިމު ކުއްޔަށް ލުޔެއް ދިނީ: މައުސޫމް

ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ކުލި މަޢާފްކޮށްދިނީ ނޫންކަމަށާއި، ނުހެދި ހުރި ރިސޯޓްތަކުގެ ބިމު ކުއްޔަށް ލުޔެއް ދިނީކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ ޓޫރިޒަމް މިނިސްޓްރީން މާފުކޮށްދިނީކަމަށް ބުނެ މީޑިއާއިން މަޢުލޫމާތު ފެތުރީ ތެދަށް ނޫންކަމަށެވެ. ގެންނެވި ބަދަލަކީ، ނުހެދި ހުރި ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ރީސްޓްރަކްޗަރކުރުމުން ގިނަ ރިސޯޓްތަކަކުން ދައްކަންޖެހޭ ޖޫރިމަނާއަށް ލުޔެއް ދެއްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިޒޯޓުތަކުގެ ޖޫރިމަނާ މައާފު ކޮށްދިން ކަމަށް ހުރި ރިޕޯޓުތަކުން އޮޅުންއަރާ. ޖޫރިމަނާ އެއްކޮށް މައާފުކޮށް ދިނީކީ ނޫން. ޖޫރިމަނާ އަރާފައިވާ މުޅި މުއްދަތަށް %18 (ދުވާލަކު %0.0493) ރޭޓުން ޖޫރިމަނާ ދައްކަންޖެހޭނެ. ކުރިން ދައްކަންޖެހިފައި އޮތީ %182.5 (ދުވާލަކު %0.5). އޭގެއިން %18 އަށްވުރެ އިތުރުވާ އަދަދު އުނިކޮށްދިނީ.

– މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ނުހެދި ހުރި ރިސޯޓްތަކުގެ މިބު ކުއްޔަށް ލުޔެއް ދިނީކަމަށް މިނިސްޓްރީން ބުނިނަމަވެސް، އެ ލުއި ދިނީ ކިތައް ރިސޯޓަށްކަމެއް ވިދާޅެއް ނުވެއެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. މީގެ އިތުރުން ރިސޯޓު ކުލީގެ ގޮތުގައިވެސް 3.4 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުއްޓެވެ.

ނުހެދި ހުރި ރިސޯޓްތަކުގެ ބިމު ކުއްޔަށް ލުޔެއް ދެއްވީ ނުހެދި ހުރި ރަށްތަކުގައި ރިސޯޓް ހިންގުމަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވިއެވެ. އަދި މިއީ ޓޫރިޒަމްގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް ގެންނެވި ބަދަލެއްކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ަސުހުގުޔގތިު9ސޔފިދުތސިުޔދތދިުަޔސުޔފތިޮުެރަގއޮ8ދފތސފގ
    ހދފ
    ލިސގހު

    ދސފގދސފގ

Leave a Reply

Your email address will not be published. Required fields are marked *