ބަނޑުބޮޑު ކަން ރުބީނާ އިއުލާން ކޮށްފި

ބަނޑުބޮޑު ކަން ރުބީނާ އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
18 ސެޕްޓެމްބަރ 2023 11:59
0

ބަތަލާ ރުބީނާ ދިލައިކް ބަނޑު ބޮޑު ކަމުގެ ވާހަކަ ނޫސްތަކުން ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނޫސްތަކުން މި ހަބަރު ފެތުރި ނަމަވެސް ރުބީނާ މިހާތަނަށް ހުރީ ހަނެވެެ.

ނަމަވެސް މީގެ ދެދުވަހެއް ކުރިން ރުބީނާ ވަނީ ސޯޝަލް މީޑިއާގައި އޭނާ ބަނޑުބޮޑުކަން ހާމަކޮށްފައިއެވެ. އަދި އޭނާގެ ބަނޑު ފެންނަ ފޮޓޯ އެއް ހިއްސާ ކުރަމުން ދަރިއަކު ލިބެން އުޅޭ ކަން ވަނީ ހާމަކޮށްފައިއެވެ. ރުބީނާ އާއި އޭނާގެ ފިރިމީހާ އަބިނަވް ޝުކްލާ ނަގައިފައިވާ ފޮޓޯއެއް ޕޯސްޓް ކުރަމުން ބުނީ ތުއްތު ދަރިފުޅަށް އިންތިޒާރު ކުރާ ކަމަށެވެ.

 

View this post on Instagram

 

A post shared by Rubina Dilaik (@rubinadilaik)

ކަލާސް ޓީވީގެ ރިއަލިޓީ ޝީ "ބިގް ބޮސް 14″ ކާމިޔާބުކުރި ރުބީނާ އަލަތު ދަރިފުޅަށް ބަލިވެއިން ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ފަހުން ދެމަފިރިންގެ އިންސްޓަގްރާމްގައި މި ވާހަކަ ރަސްމީކޮށް ހިއްސާ ކުރުމަށް ފަހު މިހާރު އަންނަނީ ފޮޓޯ ތަށްވެސް ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Rubina Dilaik (@rubinadilaik)

ރުބީނާ، 34، އާއި އަބިނާވް، 40، ކައިވެނިކުރީ، 2018 ގަ އެވެ. އަބިނާވް އާއި ރުބީނާ އަކީ ކަލާސްގެ "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައިވާ ދެ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.